ޗެމްޕިއަންސް ލީގު: ގަދަ 16 ގައި ޕީއެސްޖީ އާއި ޔުނައިޓެޑް ބައްދަލުކުރަން ޖެހިއްޖެ

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ވަނަ ބުރުގައި ފްރާންސްގެ ޕީއެސްޖީ އާއިި މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރަން ޖެހިއްޖެއެވެ. ގަދަ 16 ވަނަ ބުރުގައި މި ދެޓީމު ބައްދަލުކުރަން ޖެހުނު އިރު، މި މެޗު ވެގެން...

13 Dec 2021 | 12:28

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ވަނަ ބުރުގައި ފްރާންސްގެ ޕީއެސްޖީ އާއިި މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރަން ޖެހިއްޖެއެވެ.

ގަދަ 16 ވަނަ ބުރުގައި މި ދެޓީމު ބައްދަލުކުރަން ޖެހުނު އިރު، މި މެޗު ވެގެންދާނީ ދުނިޔޭގެ ފުޓްބޯޅައިގައި އެންމެ ވާދަވެރި ދެކުޅުންތެރިން ކަމަށްވާ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ލިއޮނަލް މެސީގެ ކުރިމަތިލުމަކަށެވެ.

ދުނިޔޭގެ ގިނަ ބަޔައެއްގެ ނަޒަރު މިހާރުވެސް މި މެޗަށް ހުއްޓިފައިވާއިރު، މި މެޗު ޚާއްސަވާ އެންމެ ބޮޑު ސަބަބަކީ ވާދަވެރި މެސީ އަދި ރޮނާލްޑޯގެ ކުރިމަތިލުމަކަށް ވުމުންނެވެ. މި ދެ ކުޅުންތެރިންނަކީ ވެސް ނިމިގެން ދިޔަ ޓްރާންސްފާ ބާޒާރުގައި ކުލަބު ބަދަލުކުރި ދެ ކުޅުންތެރިންނެވެ. ގިނަ އަހަރުތަކަކަށް ފަހު މެސީ ބާސާ ދޫކޮށް ޕީއެސްޖީއަށް ބަދަލުވިިއިރު، ރޮނާލްޑޯ ޔުނައިޓެޑާއި ގުޅުނީ އިޓަލީގެ ޔުވެންޓަސްއިންނެވެ.

އެންމެ ފަހުން ނިމިގެން ދިޔަ ސީޒަނުގައި މި ދެޓީމު ލައްވާލާފައިވަނީ އެއް ގުރޫޕެއްގައެވެ. ގުރޫޕް އެޗްގައި ހިމެނުނު ޕީއެސްޖީ އަދި ޔުނައިޓެޑް ގުރޫޕް ސްޓޭޖުގެ ފުރަތަމަ ލެގުގެ މެޗުން 1-2 ގެ ނަތީޖާއިން ޕީއެސްޖީގެ މައްޗަށް ޔުނައިޓެޑުން ކުރި ހޯދި ނަމަވެސް ދެވަނަ ލެގުގެ މެޗުން ޔުނައިޓެޑް ވަނީ 1-3 ގެ ނަތީޖާއިން ޕީއެސްޖީ އަތުން ބަލިވެފައެވެ.

މި ދެޓީމު އެންމެ ފަހުން ގަދަ 16 ވަނަ ބުރުގައި ބައްދަލުކޮށްފައިވަނީ 2019/2018 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު މުބާރާތުގައެވެ. އެފަހަރު މުބާރާތުގެ ފުރަތަމަ ލެގުން ޕީއެސްޖީ 1-2 އިން މޮޅުވިއިރު، ދެވަނަ ލެގުގައި 1-3 ގެ ނަތީޖާއިން ކުރި ހޯދީ ޔުނައިޓެޑުންނެވެ. ނަމަވެސް އަވޭ ގޯލުގެ ފައިދާއިން އެ ފަހަރު ކުއާޓާއަށް ދަތުރު ކުރުމުގެ ފުރުސަތު ލިބިފައިވަނީ ޕީއެސްޖީއަށެވެ.

ގަދަ 16 ވަނަ ބުރުގެ އިތުރު މެޗުތައް

ބެންފީކާ - ރެއާލް މެޑްރިޑް

ވިޔަރެއާލް - މެންޗެސްޓަރ ސިޓީ

އެތުލެޓިކޯ މެޑްރިޑް - ބަޔާން މިއުނިކް

ސާލްސްބާގް – ލިވަޕޫލް

އިންޓަ މިލާން – އަޔަކްސްއާ

ސްޕޯޓިން ލިސްބަން – ޔުވެންޓަސް

ލިލް - ޗެލްސީ

ދެ ވަނަ ބުރުގެ ފުރަތަމަ ލެގްގެ މެޗުތައް އޮންނާނީ އަންނަ އަހަރުގެ ފެބްރުއަރީ 15، 16 އާއި ފެބްރުއަރީ 22، 23 ވަނަ ދުވަހު އެވެ. ދެ ވަނަ ލެގްގެ މެޗުތައް ކުޅޭނީ މާޗް 8،9 އާއި މާޗް 15، 16 ގަ އެވެ.

މިބާރާތުގެ ފައިނަލް މެޗު އޮންނާނީ އަންނަ އަހަރުގެ މެއި 28 ވަނަ ދުވަހު ރަޝިއާގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް