ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި މޫސުން ގޯސްވެ ހއ. އިން ފެށިގެން ތ. އަތޮޅާއި ހަމައަށް ވައިޓް އެލާޓް ނެރެފި އެވެ.
މޫސުމާއިބެހޭ ގައުމީ އިދާރާ އިން އެ ސަރަހައްދަށް ވައިޓް އެލަރޓް ނެރެފައިވަނީ މިއަދު ހަވީރު 16:00 އިން ފެށިގެން މިރޭގެ 22:00 އާއި ހަމައަށެވެ.
މި ސަމާލުގައި ބުނެފައިވަނީ އެ ސަރަހައްދުގެ ރަށްތަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާ ކޮށްފައި ވެއެވެ.
ވިލާގަނޑުގައި ކަނޑުތައް ގަދަވާނެތީ، ހާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ.
ރާއްޖޭގެ ބޮޑު ބަަޔަކަށް ވައިޓް އެލާޓް ނެރެފައިވާއިރު، ބައެއް ރަށްތަކަށް އިއްޔެއިން ފެށިގެން ދަނީ ވިއްސާރަ ކުރަމުން ނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް