ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީގެ ފިރިކަލުން އިބްރާހީމް ޒާހިރު (ޔަންމާ ޒާހިރު) އަވަހާރަވެއްޖެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ސ. ރޭއަލިވާގޭ ޒާހިރު، ޢުމުރުން 66 އަހަރުގައި އަވަހާރަވީ އިންޑިއާގެ ކޮޗިންގައި ހުންނަ ރަޖާގިރި ހޮސްޕިޓަލުގައި ފުއްޕާމޭގެ ބައްޔަކަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިއަދުގެ ވަގުތެއްގަ އެވެ.
ފުއްޕާމޭގެ ބައްޔަކަށް ފަރުވާ ހޯއްދަވަމުން ގެންދަވާތާ ގާތްގަޑަކަށް އަހަރެއް ވެފައިވާ އިރު، ހާލު އިތުރަށް ގޯސްވީ ކޮވިޑު ބަލީގެ ސަބަބުން ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފަ އެވެ.
ޒާހިރު ވަނީ ވިލާ ކުންފުންޏަށް 40 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފަ އެވެ.
ޒާހިރު އަވަހާރަވިއިރު އޭނާގެ އަނބިނބަލުން އައިޝާ ވެސް ހުންނެވީ އިންޑިއާގަ އެވެ.
ޒާހިރުގެ ހަތަރު ފިރިހެން ބޭފުޅުންނާއި ދެ އަންހެން ބޭފުޅުން ލިބިފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް