މިސް ޔުނިވަރސް 2021 ގެ ޝަރަފް އިންޑިއާއިން ހޯދައިފި އެވެ
ރޭ ބޭއްވި ހަފުލާގައި މި ޝަރަފް ހޯދައިދިނީ ހަރްނާޒް ސަންދޫ އެވެ. މިއީ 21 އަހަރަަށް ފަހު މި ޝަރަފް އިންޑިއާއަށް ލިބުނު ފުރަތަމަ ފަހަރެވެ.
މިސް ޔުނިވަރސްގެ ޝަރަފްވެރި ތާޖު ސަންދޫގެ ބޮލުގައި އަޅުވައިދިނީ ފައިބެއަހަރުގެ މިސް ޔުނިވަރސް، މެކްސިކޯގެ އަންޑްރެއާ މެޒާ އެވެ.
މިއީ އިންޑިއާއަށް ނިސްބަތްވާ ފަރާތަކަށް މިސް ޔުނިވަރސްގެ ޝަރަފް ލިބުނު ތިންވަނަ ފަހަރެވެ.
އެންމެ ފުރަތަމަ އެ ލަގަބު އެކްޓްރެސް ސުޗްމީތާ ސެން ހޯދި އިރު، ދެވަނައަށް އެޝަރަފް ހޯދީ ލާތާ ދައްތާ އެވެ.
ރީތީގެ މުބާރާތްތަކެއްގައި މީގެކުރިން ވެސް ސަންދޫ ވަނީ ގިނަ ކާމީޔާބީތަކެއް ހޯދާފަ އެވެ.
އެގޮތުން، 2017 ވަނަ އަހަރު “ޓައިމްސް ފްރެޝް ފޭސް މިސް ޗަންދީގަރް” މުބާރާތާއި 2018 ވަނަ އަހަރު “މިސް އިމާޖިންގ ސްޓާރ އިންޑިއާ”ވަނީ ކާމިޔާބުކޮށްފަ އެވެ.
ޕަންޖާބުގެ ފިލްމުތަކުގައިވެސް މަސައްކަތް ކޮށްފައިވާ ސަންދޫ ވަނީ “ފެމިނާ މިސް އިންޑިއާ ޕަންޖާބު”2019 ވަނަ އަހަރު ކާމިޔާބު ކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް