ހިޔާ ޔޫނިއަންގެ އިފްތިތާހީ ޖަލްސާ ބާއްވާ، މަގާމުތަކަަށް މީހުން އައްޔަން ކޮށްފި

ހިޔާޔޫނިއަންގެ ހިންގާކޮމެޓީއަށް ބޭފުޅުން އިންތިޚާބުކުރައްވައި ޖަމިއްޔާގެ އިފްތިތާހީ ޖަލްސާ ބާއްވައިފި އެވެ. މި ޖަލްސާ ބާއްވާފައިވަނީ އަޙުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގައި 9 ޑިސެމްބަރ ދުވަހުގެ ރެ އެވ...

13 Dec 2021 | 08:37

ހިޔާޔޫނިއަންގެ ހިންގާކޮމެޓީއަށް ބޭފުޅުން އިންތިޚާބުކުރައްވައި ޖަމިއްޔާގެ އިފްތިތާހީ ޖަލްސާ ބާއްވައިފި އެވެ.

މި ޖަލްސާ ބާއްވާފައިވަނީ އަޙުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގައި 9 ޑިސެމްބަރ ދުވަހުގެ ރެ އެވެ.

ހިޔާ ޔޫނިއަންގެ ހިންގާ ކޮމެޓީ އެކުލަވާ ލެވިފައިވަނީ ހިންގާ ކޮމެޓީއަށް ކުރިމަތިލުމަށް ޢާއްމުކޮށް ކުރެވުނު އިޢުލާނާއެކު ކުރިމަތި ލެއްވި ފަރާތްތަކުގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ޢާއްމު މެމްބަރުންގެ މެދުގައި ނަގައިގެން ނެވެ.

އެގޮތުން ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ހިޔާ ޔޫނިއަންގެ ރައީސް ކަމުގެ މަޤާމަށް އަބްދުﷲ އަމްޒަލް ރަޝީދު / ހ. އަލިނަރުމާގެ ކ. މާލެ ހޮވުނުއިރު، ނައިބު ރައީސް ކަމުގެ މަޤާމަށް ހޮވިފައިވަނީ އަހުމަދު ޝަމާލް / މ. އަސަލް އެވެ. އަދި ޖެނެރަލް ސެކްރެޓަރީގެ މަޤާމަށް ހޮވިފައިވަނީ އިބްރާހިމް ނިޔާޒު / ކާނޭޝަންވިލާ ވ. ފެލިދޫ އެވެ.

ޑިރެކްޓަރ އޮފް ޕުްލޭނިންގ އެންޑް ޑިވެލޮޕްމަންޓުގެ މަޤާމަށް އިބްރާހިމް ޢިއްޒަތު / މއ .ފަންވަރު ހޮވުނު އިރު، ޑިރެކްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް ގެ މަޤާމަށް ހޮވިފައިވަނީ އަބުދުﷲ ހަސަން  / މއ .ފިއްލަދޫގެ އެވެ.

މީގެ އިތުރުން ޑިރެކްޓަރ އޮފް ވިމެން އެންޑް ޗިލްޑްރެންސް ރައިޓްސްގެ މަޤާމަށް ނަސްރީނާ މުޙައްމަދު ދީދީ / ދަފުތަރު-6763 ކ.މާލެ، ހޮވުނު އިރު، ޑިރެކްޓަރ އޮފް ކޮމިއުނިޓީ އެމްޕަވަރމަންޓް ކަމުގެ މަޤާމަށް ހޮވުނީ އުސްމާން އާމިރު / ޖާފާނުގެ ބ. ތުޅާދޫ އެވެ. އަދި ޑިރެކްޓަރ އޮފް އެންވަޔަރަމަންޓް އެންޑް އައި.ސީ.ޓީގެ މަޤާމަށް ހަސަން ޝާހީން / މއ. ސަވާހެލި ވަނީ ހޮވާފަ އެވެ.

ހަމަމިއާއެކު ޕަބްލިކް ރިލޭޝަންސް އޮފިސަރ ކަމުގެ މަޤާމަށް ފާތިމަތު ނިޝާނާ / ސުވެސްމޫން ހއ. އިހަވަންދޫ ހޮވުނުއިރު، ފައިނަންސް އޮފިސަރގެ މަޤާމަށް ހޮވިފައިވަނީ ޢަބުދުއް ސައްތާރު ހުސެއިން  / ހ. ހަންޑްރެޑް ފްލާވަރ އެވެ. އަދި އެޑްމިނިސްޓްރޭޓިވް އޮފިސަރގެ މަޤާމަށް ހޮވިފައިވަނީ އާމިނަތު ޝަމްޢޫނާ / މ.ވެންކޫވަރ އެވެ.

މިޖަލްސާގައި ޖަމްޔިއްޔާގެ ރައީސް އާއި ޖެނެރަލް ސެކެޓްރީ ވަނީ ވާހަކަ ދައްކަވާފަ އެވެ.

ރައީސްގެ ވާހަކަފުޅުން ހިޔާ ޔޫނިއަން އުފެދިގެން އައިގޮތް އަދި ހިޔާ ޔޫނިއަންގެ ތަސައްވުރު ވަނީ ބަޔާންކޮށްދެއްވާފަ އެވެ. އަދި ޖަމްޔިއްޔާގެ މަސައްކަތް ހިނގާ ދިޔަ ގޮތުގެ ވީޑިޔޯ ޕްރެޒެންޓޭޝަނެއް ވަނީ ދައްކާފަ އެވެ.

ޖަލްސާ ނިމިގެން ދިޔައީ ހިޔާ ޔަުނިއަން އަށް އެކިއެކި ގޮތް ގޮތުން އެހީތެރިކަން ފޯރުކޮށްދެއްވާފައިވާ ފަރާތް ތަކުގެ އަގުވަޒަންކުރުމާއިއެކު ޝުކުރުދަންނަވަމުން ނެވެ. މިނަމްބަރ ފުރިހަމަ ކޮށްދެއްވީ ހިޔާ ޔޫނިއަންގެ ނައިބު ރައީސް އެވެ.

ހިޔާ ޔޫނިއަންއަކީ ހިޔާފުލެޓު ލިބިލެއްވިފަރާތެއްގެ އިސްނެގުމަކުންއުފެދިގެންދިޔަ ވައިބަރ ކޮމިއުނިޓީގެ ތެރެއިން އުފަންވި ޖަމްއިއްޔާއެކެވެ. މިޖަމްއިއްޔާއިން ދަނީ ހިޔާ ސަހަރުގައި ދިރިއުޅޭ ފަރާތްތަކަށް ފަރުދީގޮތުންނާއި އިޖުތިމާޢީގޮތުން ދިމާވާ މައްސަލަތަކަށް ހައްލު ހޯދައިދީ މިމައްސަލަތަށްކަމާގުޅުންހުރިވުޒާރާތަކުގެ ސަމާލުކަމަށްގެނެސް އަޑުއުފުލާ ވަކާލާތުކުރަމުން ނެވެ.

ހިޔާ ޔޫނިއަންގެ ފުރަތަމަ ހިންގާކޮމެޓީއަށް ހޮވިލެއްވި އެންމެހާފަރާތްތަކަށް ދުވަސްއެމްވީގެ ނަމުގައި ވަރަށްހޫނު މަރުހަބާއެއް ކިޔަމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް