އަގުބޮޑު ކާރަކަށް ފަހު ކްރިތީ ކުއްޔަށް ހިފާލީ އަމީތާބުގެ އަގުބޮޑު އެޕާޓްމެންޓެއް!

ބޮލީވުޑްގެ ބަތަކާ ކްރިތީ ސެނޯން މިހާރު ދިރިއުޅެނީ ބޮލީވުޑްގެ މެގަ ސްޓާ އަމީތާބު ބައްޗަންގެ އަގުބޮޑު އެޕާޓްމެންޓެއްގައި ކަމަށް ރިޕޯޓުތައް ބުނެފި އެވެ. މި ފަހުން ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ ކްރިތީ ...

13 Dec 2021 | 07:39

ބޮލީވުޑްގެ ބަތަކާ ކްރިތީ ސެނޯން މިހާރު ދިރިއުޅެނީ ބޮލީވުޑްގެ މެގަ ސްޓާ އަމީތާބު ބައްޗަންގެ އަގުބޮޑު އެޕާޓްމެންޓެއްގައި ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

މި ފަހުން ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ ކްރިތީ ކުއްޔަށް ހިފާފައިވަނީ އިންޑިއާގެ މުމްބާއީގެ އަނދޭރީގައި ހުންނަ އަމީތާބުގެ ލަކްޒަރީ އިމާރާތެއްގެ ދެ ފަންގިފިލާއެވެ. އެ އިމާރާތުގެ 27 އަދި 28 ވަނަ ފަންގިފިލާ އޭނާ ކުއްޔައް ހިފައިގެން އުޅެނީ ފަންގިފިލާއެއް މަހަކު 10 ލައްކަ އިންޑިއަން ރުޕީސްއަށް ކަމަށްވެ އެވެ.

އަދި އެ ދެ ފަންގިފިލާގެ ސެކިއުރިޓީއަށް 60 ލައްކަ ރުފިޔާ ދައްކާފައިވެ އެވެ. ކްރިތީ އެ އެޕާޓްމެންޓުގައި ދިރިއުޅެން ފެށި ދުވަހެއް ނޭނގޭއިރު އެތަން ކުއްޔަށް ހިފިތާ މިހާތަނަށް ދެތިން މަސް ވެއްޖެ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.

ކްރިތީ މިހާރު ފާހަގަ ވަނީ ފިލްމުތަކުން ލިބޭ ކާމިޔާބާއި ބޮޑު އާމްދަނީ އާއި އެކު މުއްސަނދި ދިރިއުޅުމެއް އަމިއްލައަށް ހޯދާ މީހެއްގެ ގޮތުގައެވެ. އެގޮތުން ދާދި ފަހުން އޭނާ ވަނީ ފިލްމު "މިމީ" އިން ލިބުނު ބޮޑު ކާމިޔާބާއި އެކު މާސިޑީޒް މައިބަކް ޖީއެލްއެސް 600 ކާރެއް ގަނެ އަމިއްލަ މީހާއަށް ހަދިޔާކޮށްފަ އެވެ.

މި ކާރުގެ އަގު އިންޑިއާގައި އުޅެނީ 2.43 ކްރޯޑް ރުޕީސް އަށެވެ.

"މިމީ"ގެ އިތުރުން މިއަހަރު ރިލީޒް ކުރި "ހަމް ދޯ ހަމާރޭ ދޯ"އަށްވެސް ބޮޑު ތަރުހީބެއް ލިބިފައިވެ އެވެ. އޭނާގެ ކުރިޔަށް ހުރި ފިލްމުތަކުގެ ތެރޭގައި "ބޭޅިޔާ"، "ބައްޗަން ޕާންޑޭ"، "އާދިޕުރުޝް"، "ގަނަޕަތު" އަދި "ޝެހެޒާދާ" ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް