މި އަހަރުގެ 4 ވަނަ ކުއާޓަރުގައި ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ އެހީ 5 ރަށަކަށް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ކޮމިއުނިޓީ ފަންޑުގެ އެހީގެ ދަށުން މި އަހަރުގެ ހަތަރުވަނަ ކުއާޓަރުގައި އެހީތެރިކަން ފޯރުކޮށްދޭނެ ފަސް ޕްރޮޖެކްޓް ލިބިފައިވާ ރަށްތައް މިއަދު ހޮވައިފި އެވެ. ބީއެމްއެލް...

13 Dec 2021 | 07:12

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ކޮމިއުނިޓީ ފަންޑުގެ އެހީގެ ދަށުން މި އަހަރުގެ ހަތަރުވަނަ ކުއާޓަރުގައި އެހީތެރިކަން ފޯރުކޮށްދޭނެ ފަސް ޕްރޮޖެކްޓް ލިބިފައިވާ ރަށްތައް މިއަދު ހޮވައިފި އެވެ.

ބީއެމްއެލް ގެ ކޮމިއުނިޓީ ފަންޑުން އެހީވަނީ އަމިއްލަ ފަރުދުންނާއި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށެެވެ.

ބީއެމްލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވީ ހަތަރު ވަނަ ކުއާޓަރުގައި އެހީތެރިކަން ފޯރުކޮށްދޭނެ ޕްރޮޖެކްޓުތައް ހޮވުމަށް ޕްރޮޕޯޒަލް ހުށަހަޅަން ހުޅުވާލުމުން ރަނގަޅު ޕްރޮޕޯޒަލްތަކެއް ލިބުނު ކަމުގައެވެ.

ސައީދު ވިދާޅުވީ ބީއެމްއެލްގެ އަމާޒަކީ މި ފަންޑުގެ ދަށުން މުޖުތަމައަށް ފައިދާކުރާނެ މުހިންމު ޕްރޮޖެކްޓްތަކަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމުގައެވެ. އަދި މިފަހަރު ވެސް ރަނގަޅު ޕްރޮޕޯސަލްތަކެއް ކޮމިއުނިޓީ ފަންޑަށް ލިބިފައިވާކަން ފާހަގަ ކުރައްވާ މިއިން ދައްކައިދެނީ އަމިއްލަ ފަރުދުންނާއި ޖަމިއްޔާތަކުން ރަށުގެ ތަރައްޤީ އާއި މުޖުތަމައުގެ ލާބައަށް މަސައްކަތްކުރުމަށް ބޭނުންވާ މިންވަރު ކަމުގައި ސައީދު ވިދާޅުވިއެވެ.

އެގޮތުން ބީއެމްއެލް އިން ކުރިއަށް ގެންދާ އަހަރެންގެ ބޭންކުގެ ކޮމިނިއުޓީ ފަންޑުގެ މިއަހަރުގެ ހަތަރުވަނަ ކުއާޓަރގައި ހުށަހެޅުނު ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ

ފާހަގަ ކޮށްލެވޭ 5 ޕްރޮޖެކްޓަށް ހޮވިފައި ވަނީ،

ނ. ހެނބަދޫގައި، ބާބެކިއު ހަދާނެ ސަރަހައްދެއް ޤާއިމުކުރުން - ހާމިދު ރަޝީދު

ކ. މާފުށީގައި އައުޓްޑޯ ލައިބްރަރީއެއް ގާއިމުކުރުން - ނިއު ސްޓާ ސްޕޯޓްސް ކުލަބު

ފ. ފީއަލީގައި އައުޓްޑޯ ލައިބްރަރީއެއް ގާއިމުކުރުން - ފަތުހުﷲ ޝާތިރު

ތ. ބުރުނީގެ ރާގޮނޑި ބީޗު ތަރައްގީކުރުން - ބުރުނީ ޔޫތު ސްޕޯޓްސް ކުލަބު

ގދ. ތިނަދޫގައި އިސްރަށްވެހިންނަށް ހާއްސަ ޕާކެއް ގާއިމުކުރުން - އަމީޒާ އަފީފު

އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ.

މިގޮތުން ހޮވޭ ކޮންމެ ޕްރޮޖެކްޓަކަށް 50،000 ރުފިޔާގެ އެހީ ބީއެމްއެލް އިން ފޯރުކޮށްދެއެވެ.ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން މިހާތަނަށް 60 ޕްރޮޖެކްޓަކަށް އެހީ ފޯރުކޮށް ދީފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް