އުރީދޫ އެމްފައިސާއިން 10 ޕަސެންޓު އަނބުރާ ލިބޭ ޕްރޮމޯޝަނެއް

އުރީދޫ އެމް ފައިސާއަށް ހާއްސަ ޕްރޮމޯޝަނެއް އެ ކުންފުނިން ފަށައިފި އެވެ. އުރީދޫއިން ބުނީ އުރީދޫގެ ޑިޖިޓަލް ވޮލެޓް، އެމް ފައިސާ މެދުވެރިކޮށް ކަނޑައަޅާފައިވާ ރެސްޓޯރެންޓުތަކާއި ފިހާރަތުން ވިޔަފާރި ކުރެވޭ...

13 Dec 2021 | 05:01

އުރީދޫ އެމް ފައިސާއަށް ހާއްސަ ޕްރޮމޯޝަނެއް އެ ކުންފުނިން ފަށައިފި އެވެ.

އުރީދޫއިން ބުނީ އުރީދޫގެ ޑިޖިޓަލް ވޮލެޓް، އެމް ފައިސާ މެދުވެރިކޮށް ކަނޑައަޅާފައިވާ ރެސްޓޯރެންޓުތަކާއި ފިހާރަތުން ވިޔަފާރި ކުރެވޭނެ ކަމަށެވެ. މި ޕްރޮމޯޝަންގެ ދަށުން އަނބުރާ ލިބޭ10 ޕަސެންޓު ފައިސާ ޖަމާވާނީ އެމްފައިސާ ވޮލެޓަށެވެ.

މި ޕްރޮމޯޝަންގެ ދަށުން10 ޕަސެންޓު ފައިސާ އަނބުރާ ލިބެނީ ސެމިލީސް، ދަ ޑައިނާސް ކްލަބް، ދަ ގްރޯވް، ރެޑްވޭވް، ވީބީ މާޓް އަދި ޑަބްލިއުއެޗްއައިއެމްއިންނެވެ.

އުރީދޫ އެމް ފައިސާ މެދުވެރިކޮށް ރެސްޓޮރެންޓުތަކާއި ފިހާރަތަކަށް ފައިސާ ދެއްކުމުގެ އިތުރުން ބިލުތައް ވެސް ދެއްކޭނެ އެވެ. ބީއެމްއެލް އާއި އެސްބީއައި އާއި އެމްއައިބީ ކަސްޓަމަރުންނަށް އެމްފައިސާ ވޮލެޓަށް ފައިސާ ޖަމާކުރެވޭނެ އެވެ.

އެމްފައިސާ ބޭނުން ކުރަން ބޭނުންވާ ކަސްޓަމަރުންނަށް އުރީދޫގެ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ރަޖިސްސްޓްރީ ކުރެވޭނެ އެވެ. މިއީ އުރީދޫގެ އިތުރުން އެހެން ނެޓްވޯކުތަކުގެ ކަސްޓަމަރުންނަށް ވެސް ބޭނުން ކުރެވޭ ހިދުމަތެކެވެ.

އުރީދޫން މި ޕްރޮމޯޝަން ކުރިޔަށް ގެންދަނީ މިމަހުގެ ނިޔަލަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް