ފްރެންޗް ލީގު: އެމްބާޕޭގެ ދެ ގޯލާއި އެކު މޮޅުވެ ޕީއެސްޖީން އެއްވަނާގައި ބޮޑު ލީޑެއް ނަގައިފި

ފްރެންޗް ލީގުގައި އާދިއްތަ ދުވަހުގެ ރޭ މޮނާކޯ އާއި ދެކޮޅަށް ކުޅުނު މެޗުން ޕީއެސްޖީ މޮޅުވެއްޖެއެވެ. އަމިއްލަ ދަނޑުގައި މޮނާކޯ އާއި ދެކޮޅަށް ކުޅުނު މެޗުން ޕީއެސްޖީ މޮޅުވެފައިވަނީ 0-2 ގެ ނަތީޖާއިންނެވެ. ...

13 Dec 2021 | 04:55

ފްރެންޗް ލީގުގައި އާދިއްތަ ދުވަހުގެ ރޭ މޮނާކޯ އާއި ދެކޮޅަށް ކުޅުނު މެޗުން ޕީއެސްޖީ މޮޅުވެއްޖެއެވެ.

އަމިއްލަ ދަނޑުގައި މޮނާކޯ އާއި ދެކޮޅަށް ކުޅުނު މެޗުން ޕީއެސްޖީ މޮޅުވެފައިވަނީ 0-2 ގެ ނަތީޖާއިންނެވެ.

ޕީއެސްޖީން މޮޅު ކުޅުމެއް ދެއްކި މި މެޗުގެ ފުރަތަމަ ހާފުގެ ވަރަށް ކުރީކޮޅު އެޓީމުން ވަނީ ލީޑު ނަގާފައެވެ. މެޗުގެ 12 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ އަކުން މި ލަނޑު ޕީއެސްޖީއަށް ކާމިޔާބު ކޮށްދިނީ ކިލިއަން އެމްބާޕޭ އެވެ. މިއީ ޕީއެސްޖީގެ ޑި މާރިއާ އަށް މޮނާކޯގެ ކުޅުންތެރިއަކު ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.

ޕީއެސްޖީގެ ދެ ވަނަ ލަނޑު ފުރަތަމަ ހާފުގެ ފަހު މިނެޓުގައި އެމްބާޕޭ ކާމިޔާބު ކުރިއިރު، މި ލަނޑު އޭނާ ކާމިޔާބު ކުރީ ލިއޮނަލް މެސީގެ އެހީތެރިކަމާ އެކު އެވެ. މި ދެ ލަނޑާއި އެކު މިފަހަރުގެ ސީޒަނުގައި އެމްބާޕޭ ކާމިޔާބު ކުރި ލަނޑުގެ އަދަދު ވަނީ 9 އަށް އަރާފައެވެ.

މި ނަތީޖާ އާއި އެކު ލީގުގެ އެއް ވަނައިގައި ޕީއެސްޖީ އޮތީ ކުޅުނު 18 މެޗުން ލިބުނު 45 ޕޮއިންޓާއި އެކުގައެވެ. 13 ޕޮއިންޓް ފަހަތުން ދެ ވަނައިގައި އޮތް މާސޭ އަށް 17 މެޗުން ލިބިފައިވަނީ 32 ޕޮއިންޓެވެ. ތިންވަނާގައި 31 ޕޮއިންޓާ އެކު އޮތީ ރޭނިސްއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް