ސްޕެނިޝް ލީގު: ބާސާ އާއި އޮސަސޫނާ ބައްދަލުކުރި މެޗު އެއްވަރުވެއްޖެ

ސްޕެނިޝް ލީގުގައި އާދިއްތަ ދުވަހުގެ ރޭ ބާސެލޯނާ އާއި އޮސަސޫނާ ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ. އޮސަސޫނާގެ ދަނޑުގައި ކުޅެވުނު މި މެޗު އެއްވަރުވީ 2-2 ގެ ނަތީޖާއިންނެވެ. ފޯރިގަދަ ކުޅުމެއް ފ...

13 Dec 2021 | 04:36

ސްޕެނިޝް ލީގުގައި އާދިއްތަ ދުވަހުގެ ރޭ ބާސެލޯނާ އާއި އޮސަސޫނާ ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

އޮސަސޫނާގެ ދަނޑުގައި ކުޅެވުނު މި މެޗު އެއްވަރުވީ 2-2 ގެ ނަތީޖާއިންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ބާސާއިންނެވެ. މެޗުގެ 12 ވަނަ ިނެޓުގައި ގަވީގެ އެހީތެރިކަމާއި އެކު މި ލަނޑު ބާސާއަށް ކާމިޔާބު ކޮށްދިނީ ނިކޯ ގޮންޒަލޭޒްއެވެ. ނަމަވެސް ބާސާއިން ލީޑުނެގިތާ ތިން މިނެޓު ފަހުން އޮސަސޫނާއިން ވަނީ ލަނޑު ޖަހާ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މޮންލެޔޯލާގެ އެހީތެރި ކަމާއި އެކު ޑޭވިޑް ގާސިއާއެވެ.

ދެ ޓީމު އެއްވަރެއްގައި އޮވެ މެޗުގެ ފުރަތަމަ ހާފު ނިމުނުއިރު، ފަހު ހާފު ފެށިގެން ތިންވަނަ މިނެޓުގައި ބާސާއި ދެވަނަ ފަހަރަށް ލީޑު ނެގިއެވެ. ބާސާއަށް މިފަހަރު މި ލަނޑު ކާމިޔާބު ކޮށްދިނީ އަބްދެއްސަމަދް އެލްޒަލްޒޫލީއެވެ. އޮސަސޫނާއިން ދެވަނަ ފަހަރަށް ލަނޑު ޖަހާ މެޗުގެ ނަތީޖާ އެއްވަރުކުރީ މެޗުގެ ކުޅުން ނިމެން ހަތަރު މިނެޓަށް ވެފައިވަނިކޮށެވެ. އޮސަސޫނާއަށް ނަތީޖާ އެއްވަރުކޮށްދިން މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އެލްވިސް އެވީލާއެވެ.

ފަހަކަށް އައިސް ބާސާއިން ވަރަށް ބޮޑަށް ކުޅުން ދައްވެފައިވާއިރު، އެންމެ ފަހުން އެޓީމު ކުޅުނު ފަސް މެޗުގެ ތެރެއިން މޮޅެއް ހޯދިފައިވަނީ އެންމެ މެޗަކުންނެވެ.

ރޭގެ މި ނަތީޖާއާއި އެކު ބާސާ ވަނީ ޕޮއިންޓް ތާވަލްގެ އަށް ވަނައަށް ވެއްޓިފައެވެ. އެޓީމު އަށް ވަނާގައި އޮތީ ކުޅުނު 16 މެޗުން ލިބުނު 24 ޕޮއިންޓާއި އެކުގައެވެ. ބާސާއި އެއްވަރުވި އޮސަސޫނާ އޮތީ 22 ޕޮއިންޓާއި އެކު ތާވަލުގެ 10 ވަނާގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް