ލ. އަތޮޅުން ފެށިގެން ހއ. އަތޮޅަށް ވައިޓް އެލާޓް ނެރެފި

ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި މޫސުން ގޯސްވެ ލ. އަތޮޅުން ފެށިގެން ހއ. އަތޮޅާއި ހަމައަށް ވައިޓް އެލާޓް (ސަމާލު އެލާޓް) ނެރެފި އެވެ. މޫސުމާއިބެހޭ ގައުމީ އިދާރާ އިން ވައިޓް އެލަރޓް ނެރެފައިވަނީ މިއ...

13 Dec 2021 | 04:11

ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި މޫސުން ގޯސްވެ ލ. އަތޮޅުން ފެށިގެން ހއ. އަތޮޅާއި ހަމައަށް ވައިޓް އެލާޓް (ސަމާލު އެލާޓް) ނެރެފި އެވެ.

މޫސުމާއިބެހޭ ގައުމީ އިދާރާ އިން ވައިޓް އެލަރޓް ނެރެފައިވަނީ މިއަދު ހެނދުނު 7:20 އިން ފެށިގެން މެންދުރު 12:30 އާއި ހަމައަށެވެ.

މި ސަމާލުގައި ބުނެފައިވަނީ އެ ސަރަހައްދުގެ ރަށްތަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާ ކޮށްފައި ވެއެވެ.

ވިލާގަނޑުގައި ކަނޑުތައް ގަދަވާނެތީ، ހާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ.

ރާއްޖޭގެ ބޮޑު ބަަޔަކަށް ވައިޓް އެލާޓް ނެރެފައިވާއިރު، ބައެއް ރަށްތަކަށް އިއްޔެއިން ފެށިގެން ދަނީ ވިއްސާރަ ކުރަމުންނެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް