ރާއްޖޭގެ އީސީ އާ އިންޑިއާގެ އީސީ އާދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

ދިވެހިރާއްޖޭގެ އިލެކްޝަންސް ކޮމިޝަނާއި އިންޑިއާގެ އިލެކްޝަންސް ކޮމިޝަނާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މިހާރު ކުރިއަށްދާ އިންޑިއާގެ ހަވަނަ ޖޮއިންޓް ކޮމިޝަން ބައްދަލުވުމުގެ ތެރެއިން ނިއުދި...

13 Dec 2019 | 12:58

ދިވެހިރާއްޖޭގެ އިލެކްޝަންސް ކޮމިޝަނާއި އިންޑިއާގެ އިލެކްޝަންސް ކޮމިޝަނާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިހާރު ކުރިއަށްދާ އިންޑިއާގެ ހަވަނަ ޖޮއިންޓް ކޮމިޝަން ބައްދަލުވުމުގެ ތެރެއިން ނިއުދިއްލީގަ ހުންނަ ހައިދަރުއަބާދު ހައުސްގައި ބޭއްވި ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ އިލެކްޝަންސް ކޮމިޝަންސްގެ ނައިބް ރައީސް އަހުމަދު އަކްރަމެވެ.

ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުވެސް ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމާއި ގުޅޭގޮތުން އީސީގެ ނައިބު ރައީސް އަހުމަދު އަކްރަމް ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން ފަންނީ އެހީތެރިކަމާއި މީހުން ތަމްރީނު ކުރުމުގެ ފުރުސަތާއި ލީގަލް ކަންތައްތަކާއި އަންހެނުން ބާރުވެރި ކުރުވުމަށްޓަކައި ހިންގޭ ތަފާތު އެކި ޕްރޮގްރާމުތަކަށް އެހީތެރިކަން ފޯރުވައިދިނުމަށް އެހީތެރިކަން ލިބޭނެ ކަމަށެވެ. އަދި އިންތިހާބާއި ގުޅޭ އައިޓީ ކަންތައްތަކަށް ބޭނުންވާ އެހީތެރިކަމާއި ޓްރެއިނިންގތައްވެސް ލިބޭނެ ކަމަށެވެ.

އަކްރަމް ވިދާޅުވީ އިންޑިއާއިން އަންނަނީ 2011 ވަނަ އަހަރުން ފެށިގެން އިލެކްޝަންސް ކޮމިޝަނަށް މީހުން ތަމްރީނު ކުރުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ފޯރުކޮށްދެމުންދާ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ މި ދަތުރުގައި އިންޑިއާގެ ޗީފް އިލެކްޝަންސް ކޮމިޝަނަރު ސުނިލް އަރޯރާއާއި ކޮމިޝަންގެ މެމްބަރު ފުއާދު ތައުފީޤް އާވެސް ވަނީ ބައްދަލު ކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް