ރައީސް ނަޝީދު މޯދީ އާ ބައްދަލުކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަމޯދީ އާބައްދަލުކުރައްވައިފިއެވެ. މަޖިލީހުގެ މެމްބަރުން ހިމެނޭ ވަފްދެއް އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރ...

13 Dec 2019 | 11:37

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަމޯދީ އާބައްދަލުކުރައްވައިފިއެވެ.

މަޖިލީހުގެ މެމްބަރުން ހިމެނޭ ވަފްދެއް އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ބޮޑުވަޒީރު ނަރެންދުރަ މޯދީ އާ ބައްދަލުކުރެއްވުމަށްފަހު ކުރައްވާފައިވާ ތްވީޓެއްގައި ވިދާޅުވީ ސަރަހައްދީ އަދި ބައިނަލްއަގުވާމީ ގިނަ މައްސަލަތަކާ ގުޅޭގޮތުން މޯދީ އާއެކު މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.

ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިންޑިއާއަށް މިހާރުކުރައްވަމުން ގެންދަވާ ދަތުރަކީ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ދައުވަތަށް ކުރައްވަމުން ގެންދަވާ ދަތުރެކެވެ.

މި ދަތުރުފުޅުގައި އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ، ލޮކް ސަބާ އާއި ރައްޔިތުންގެ މަޖިލިހާއި ދެމެދު އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.

މި އެއްބަސްވުމުގެ މައިގަނޑު ބޭނުމަކީ ދެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ގުޅުން ބަދަހި ކުރުން ކަމަށާއި އެގޮތުން ދެ ފަރާތުންވެސް ބަރުލަމާނީ ގުޅުން ބަދަހިކޮށް ރަނގަޅު ކުރުމަށް ބާރުއަޅާ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަމުގެ ގުޅުން އިތުރަށް ބަދަހި ކުރާނެ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް