ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އަދުލުވެރި އިންސާފުވެރި ޝަރީއަތެއް ކޮށްފިނަމަ "އަތްލެވޭނެ ގޮތެއް" ނޯންނާނެ ކަމުގައި އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިހެން ވިދާޅުވީ "މަވެސް ޕީޕީއެމް" މި ނަމުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތަކީ ޕީޕީއެމަށް ބައެއް ބޭފުޅުން ސޮއިކުރައްވަން ބޭއްވި ރަސްމިއްޔާތެކެވެ.
ރައީސް ޔާމީން ވިދާޅުވީ ހުކުމެއް ކޮށްފާނެތީ ރައްޔިތުން ކަންބޮޑު ނުވުމަށް އެދިލައްވާކަމަށެވެ. ދައުލަތުގެ ބައިތުލްމާލުން އެންމެ ލާރިފޮއްޗެއްގައިވެސް ޖެހިފައި ނޯންނާނެކަމަށާއި އަދި ދައުލަތުގެ ފައިސާއެއްގައި ޖެހިވަޑައިގަންނަވާކަށް ނުޖެހޭ ކަމުގައި ރައީސް ޔާމީން ވިދާޅުވިއެވެ. ނަފްސުގެ މުއްސަނދިކަން އެއަށްވުރެ މާ ތަނަވަސް ކަމުގައިވެސް ވިދާޅުވިއެވެ.
މިރޭ ރައީސް ޔާމީން އިތުރަށް ވިދާޅުވީ އެމަނިކުފާނުގެ ޝަރީއަތަށް ނުފޫޒު ފޯރުވުމަށް ގިނަ މަސައްކަތްތަކެއް މި ސަރުކާރުން ކުރަމުން އަންނަ ކަމަށާއި އެގޮތުން ސަރުކާރުގެ އިސް ބޭފުޅަކު ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމަށް ގުޅުއްވި ކަމަށެވެ. އަދި އެއީ ފެންނަން އޮތް ހަގީގަތެއް ކަމުގައިވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް