"ފުނޑާލައިފި" ނަމުގައި އިދިކޮޅުން ރެލީއެއް ބާއްވަނީ

"ފުނޑާލައިފި" މިނަމުގައި ޕީޕީއެމް އަދި ޕީއެންސީ ހިމެނޭ އިދިކޮޅު ކޯލީޝަނުން ރެލީއެއް ބާއްވަން ނިންމައިފިއެވެ. މިކަން ހާމަކުރައްވައި ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ރައީސް އަދި މަޖިލީހުގެ ފޮނަދޫ ދާއިރާގެ...

13 Nov 2019 | 17:40

"ފުނޑާލައިފި" މިނަމުގައި ޕީޕީއެމް އަދި ޕީއެންސީ ހިމެނޭ އިދިކޮޅު ކޯލީޝަނުން ރެލީއެއް ބާއްވަން ނިންމައިފިއެވެ.

މިކަން ހާމަކުރައްވައި ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ރައީސް އަދި މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ "ފުނޑާލައިފި" މި ނަމުގައި ޕްރޮގްރެސިވް ކޯލީޝަނުން ބާއްވާ ހާއްސަ ރެލީއެއް ހުކުރު ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި އޮންނާނެ ކަމަށެވެ.

"ދީނާ ގައުމު ދެކެ ލޯބިވާ ހުރިހާ ރައްޔިތުން ވަޑައިގެން ދެއްވުން އެދި ދައުވަތު އަރުވަން މިރެލީގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާނެ" އަދުރޭ ވިދާޅުވެފައިވެއެވެ.

https://twitter.com/Banafsaa/status/1194665717401931776

މި ފަހަކަށް އައިސް އިދިކޮޅު ކޯލީޝަނުން އެއްވުންތަކާއި ރެލީތައް ބާއްވަމުން އަންނަނީ މިފަދަ ނަންނަމުގައެވެ. އެގޮތުން މިދިޔަ މަހު "އަންނަނީ އަންނަނީ" ނަމުގައި ޖަލްސާއެއް ބާއްވާފައިވެއެވެ. އަދި އޮގަސްޓް މަހުގައި "ނުވިއެއްނު" މިނަމުގައިވެސް ޖަލްސާއެއް ބާއްވާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް