ޖާބިރު ދޫކުރައްވައި ކާނަލް ނަޝީދާއި ނަހުލާ އަލީ ޔާމީން އަރިހަށް

ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)ގެ ކުރީގެ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް) އާއި އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނެވި ނަހުލާ އަލީ އިދިކޮޅު ސިޔާސީ ޕާޓީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވް...

13 Nov 2019 | 17:23

ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)ގެ ކުރީގެ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް) އާއި އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނެވި ނަހުލާ އަލީ އިދިކޮޅު ސިޔާސީ ޕާޓީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަށް މިރޭ ސޮއިކޮށްފިއެވެ.

މި ދެބޭފުޅުން ޕީޕީއެމަށް ސޮއިކޮށްފައިވަނީ މިރޭ އެ ޕާޓީގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި ކާނަލް ނަޝީދާއި ނަހުލާ ވަނީ އެ ދެބޭފުޅުންގެ މެމްބަރޝިޕް ފޯމު އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމާ ހަވާލުކުރައްވާފައެވެ. މިރޭގެ އެ ރަސްމިއްޔާތުގައި ކާނަލް ނަޝީދާއި ނަހުލާގެ އިތުރުން، އިތުރު ބައެއް ބޭފުޅުންވެސް ޕީޕީއެމާ ގުޅިވަޑައިގެންނެވިއެވެ.

ސޮއި ކުރުމަށްފަހު ވާހަކަފުޅު ދައްކަވަމުން ކާނަލް ނަޝިދު ވިދާޅުވީ އޭނާ ކޮންމެ ޕާޓީއެއްގައި އުޅުނު ނަމަވެސް ހިތް އަބަދުވެސް އޮންނަނީ ޕީޕީއެމްގައި ކަމަށެވެ.

ގިނަ ދުވަސްތަކެއްވަންދެން ޑީއާރުޕީގެ ލީޑަރުކަން ކުރެއްވުމަށްފަހު، ކާށިދޫ ދާއިރާގެ މެމްބަރަށް ލީޑަރުކަން ދެއްވައި ކާނަލް ނަޝީދު ވަނީ އެ މަގާމު ދޫކޮށްލައްވާފައެވެ. މިރޭ ކާނަލް ނަޝީދާއެކު ޕީޕީއެމާ ގުޅިވަޑައިގެންނެވި ނަހުލާ އަލީ ޑީއާރުޕީއާއި ގުޅިވަޑައިގެންނެވީ ޖާބިރު އެ ޕާޓީއާއި ހަވާލުވެ ހިންގަވަން ފެއްޓެވި ފަހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް