ހަދަމުންދިޔަ އިމާރާތެއްގެ ދެވަނަ ފަންގިފިލާއިން ވެއްޓުނު ބިދޭސީއަކަށް ފަރުވާދެނީ

ހުޅުމާލޭގައި އިމާރާތެއްގެ ދެވަނަ ފަންގިފިލާއިން ވެއްޓުނު ބިދޭސީއަކަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފިއެވެ. ފުލުހުން ބުނެފައިވާގޮތުގައި ބިދޭސީއަކު ވެއްޓިފައިވަނީ ހުޅުމާލޭގައި ވެންޒާ ކޮމްޕެ...

13 Nov 2019 | 15:07

ހުޅުމާލޭގައި އިމާރާތެއްގެ ދެވަނަ ފަންގިފިލާއިން ވެއްޓުނު ބިދޭސީއަކަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފިއެވެ.

ފުލުހުން ބުނެފައިވާގޮތުގައި ބިދޭސީއަކު ވެއްޓިފައިވަނީ ހުޅުމާލޭގައި ވެންޒާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ހަދަމުންދިޔަ އިމާރާތެއްގެ ދެވަނަ ފަންގިފިލާއިންނެވެ. މިކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ ހަވީރު 5:35ގައި ކަމަށް ފުލުހުން ބުނެއެވެ.

"މި ހާދިސާގައި އަނިޔާވެފައިވަނީ 40 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކަށް، މި މީހާގެ ކަނާތް ފަރާތު ކޮނޑުމަތީ ކަށިތަކާއި، މޭމަތީގެ ގިނަ ކަށިތައް ބިންދައިގެން ގޮސް އެކިވަރުގެ އަނިޔާ ވެފައިވޭ" ފުލުހުން ބުނެފައިވެއެވެ.

ފުލުހުން އިތުރަށް ބުނީ މި މީހާ ވެއްޓިފައިވަނީ އިމާރާތުގެ ސޭފްޓީ ނެޓް އުސްކުރުމުގެ މަސައްކަތް ކުރަމުންދަނިކޮށް ސޭފްޓީ ބެލްޓު ނާޅާ ހުރުމުގެ ސަބަބުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް