ޖޭއެސްސީގެ ރައީސްކަމުން އަރީފު އިސްތިއުފާ ދެއްވައިފި

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސް ކަމުގައި ހުންނެވި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފު މަގާމުން އިސްތިއުފާ ދެއްވައިފި އެވެ. ޖޭއެސްސީގެ މަގާމުން ފަނޑީޔާރު އަރީފު އިސްތިއުފާދެއްވިއިރު، ...

13 Nov 2019 | 10:00

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސް ކަމުގައި ހުންނެވި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފު މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ޖޭއެސްސީގެ މަގާމުން ފަނޑީޔާރު އަރީފު އިސްތިއުފާދެއްވިއިރު، އެމަނިކުފާނުގެ 14 މައްސަލައެއް އެކޮމިޝަނުން ބަލަމުން އަންނަކަމަށް އެކޮމިޝަނުން ވަނީ ބުނެފައެވެ. އަރީފު ހިމެނިވަޑައިގަންނަވާގޮތަށް ސުޕްރީމް ކޯޓުގެ ހަތަރު ފަނޑީޔާރެއްގެ މައްސަލަ އަންނަނީ އެކޮމިޝަނުން ބަލަމުންނެވެ. އެގޮތުން ހަތަރު ފަނޑީޔާރުންގެ ޖުމްލަ 51 މައްސަލައެއް އެކޮމިޝަނުން އަންނަނީ ބަލަމުންނެވެ. މީގެތެރޭގައި އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ވެސް ހިމެނިވަޑައިގަންނަވަ އެވެ.

ޖޭއެސްސީން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ ގޮތުގައި ހުންނެވީ އަބްދުﷲ ދީދިގެ ސުލޫކީ މައްސަލައެއް ބަލާފައެވެ. އެއަށްފަހު ފަނޑިޔާރު ޑީޑީ ވަނީ މަގާމުން ވަކިކޮށްފައެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޖޭއެސްސީ އަށް އައްޔަންކޮށްފައި ހުންނެވި އަރީފް، އެ ކޮމިޝަންގެ ރައީސް ކަމުގެ މަގާމަށް އިންތިޚާބުކުރީ 2017 ވަނަ އަހަރުގެ ޖުލައި މަސްތެރޭގައެވެ. އެއީ އޭރު ކޮމިޝަންގެ ރައީސްކަމުގައި ހުންނެވި ސުޕްރީމް ކޯޓުގެ އޭރުގެ ފަނޑިޔާރު އަލީ ހަމީދުގެ ބަދަލުގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް