އީސީގެ މެމްބަރުކަމަށް ފުއާދު އައްޔަނުކުރަން ރުހުން ދީފި

އިލެކްޝަން ކޮމިޝަން  (އީސީ)ގެ މެމްބަރު ކަމަށް ފުއާދު ތައުފީގު އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ. މީގެ ކުރިން އީސީގެ ރައީސްކަން ކުރައްވާފައިވާ ފުއާދަށް މަޖިލީހުން ރުހުންދީފައި ވަނީ...

13 Nov 2019 | 09:46

އިލެކްޝަން ކޮމިޝަން  (އީސީ)ގެ މެމްބަރު ކަމަށް ފުއާދު ތައުފީގު އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.

މީގެ ކުރިން އީސީގެ ރައީސްކަން ކުރައްވާފައިވާ ފުއާދަށް މަޖިލީހުން ރުހުންދީފައި ވަނީ 70 މެމްބަރުންގެ ވޯޓުންނެވެ.

އީސީ އަށް މެމްބަރަކު އައްޔަނުކުރަން މަޖިލީހަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހަތަރު ފަރާތެއްގެ ނަން ފޮނުއްވާފައި ވަނީ، އީސީގެ މެމްބަރެއްގެ ދައުރު މިމަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ހަމަވާތީ އެވެ. އީސީގެ މެންބަރުންގެ ތެރެއިން ދައުރު ހަމަވަނީ އެ ކޮމިޝަންގެ ނައިބު ރައީސް އަމްޖަދު މުސްތަފާގެ އެވެ.

އެމަގާމަށް މިދިޔަ މަހުގެ ކުރީކޮޅު ކުރިމަތިލުމަށް ވަނީ ހުޅުވާލާފައެވެ. އެފުރުސަތުގައި ކުރިމަތިލި 10 ބޭފުޅުންގެ ތެރެއިން ރައީސް ސޯލިހަށް ފެނިވަޑައިގެންނެވި ހަތަރު ބޭފުޅުންގެ ނަންތައް މިދިޔަ މަހުގެ ތިންވަނަ ދުވަހު ވަނީ މަޖިލީހަށް ފޮނުވާފައެވެ. އެނަންތަކުގެ އެއްވަނަގައި ވަނީ ފުއާދުގެ ނަންފުޅެވެ.

އީސީގެ މެމްބަރު ކަމަށް އައްޔަން ކުރުމަށް ރައީސް ސޯލިހު މަޖިލީހަށް ހުށަހެޅުއްވި ނަންތަކުގެ ތެރެއިން، ކޮމެޓީން ދިރާސާކުރުމަށްފަހު، ނަންތައް ތަރުތީބު ކުރިއިރު، ވެސް ފުރަތަމަ ނަމަކަށް ކޮމެޓީން ފާސްކޮށްފައި ވަނީ ފުއާދުގެ ނަންފުޅެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް