ތަލަވުމަކީ މައްސަލައެއް ނޫން، ތަލަ މީހުން ކަމުދޭ: ޔާމީ

ބޮލުން އިސްތަށިފައިބައި، ތަލަވުމަކީ މައްސަލައެއް ނޫން ކަމަށާއި، ތަލަ މީހުންވެސް ކަމުދާކަމަށް ބޮލީވުޑްގެ ޒުވާން ބަތަލާ ޔާމީ ގޯތަމް ބުނެފިއެވެ. މިމަހުގެ ހަތްވަނަ ދުވަހު ރިލީޒްކުރެވުނު ފިލްމް، 'ބާލާ' އިނ...

13 Nov 2019 | 08:26

ބޮލުން އިސްތަށިފައިބައި، ތަލަވުމަކީ މައްސަލައެއް ނޫން ކަމަށާއި، ތަލަ މީހުންވެސް ކަމުދާކަމަށް ބޮލީވުޑްގެ ޒުވާން ބަތަލާ ޔާމީ ގޯތަމް ބުނެފިއެވެ.

މިމަހުގެ ހަތްވަނަ ދުވަހު ރިލީޒްކުރެވުނު ފިލްމް، 'ބާލާ' އިން ޔާމީ ފެނިގެންގޮސްފައިވާއިރު، އެފިލްމުގައި އޭނާގެ ފިރިމީހާގެ ރޯލު ކުޅެފައިވާ އާޔޫސްމަން ކުރާނާ ފެނިގެން ގޮސްފައިވަނީ ތަލަ މީހެއްގެ ގޮތުގައެވެ.

'ބާލާ' ފިލްމުގެ ހާއްސަ ސްކްރީނިންއަކަށްފަހު މީޑިއާއަށް ދިން އިންޓަވިއުއެއްގައި ޔާމީ ބުނީ، ފިލްމު ކުޅުނީ ވަރަށް ހިތްހަމަޖެހިގެން ކަމަށާއި ހަގީގީ ދިރިއުޅުމުގައި ލޯބިވެރިއެއްގެ ގޮތުގައި ތަލަ މީހަކު ގެންނަން އޭނާ ފަސްނުޖެހޭނެ ކަމަށެވެ.

ތަލަ މީހުންނަކީ 'ކޫލް' މީހުން ކަމަށް ފާހަގަކޮށް ޔާމީ ބުނީ، މިފިލްމުގައި ގެނެސްދީފައިވާ ވާހަކައަކީ ވަރަށް ކަމުދާ ވާހަކައެއް ކަމަށާއި ހަގީގަތުގައިވެސް ކޮންމެ މީހަކުވެސް އެންމެ ބޮޑަށް ލޯބިވާން ޖެހޭނީ އަމިއްލަ ނަފްސު ދެކެ ކަމަށެވެ. އެހެން މީހެއްގެ ފަރާތުން ލޯބި ލިބޭނީ އޭގެ ފަހުގައި ކަމަށް ޔާމީ ބުންޏެވެ.

'ބާލާ' ފިލްމުން ދައްކުވައިދެނީ ބޮލުގައި އިސްތަށިމަދު ތަލަ މީހަކު ދިރިއުޅުމާއި ކުރިމަތިލާ ގޮތެވެ. ތަލަވުމުގެ ސަބަބުން އަމިއްލަ ނަފްސުދެކެ ރުޅިއާދެވި ހިތްވަރު އެލިފައިވާ މީހެއްގެ ރޯލުން ފެނިގެން ގޮސްފައި ވަނީ އާޔޫސްމަން އެވެ. މި ފިލްމުގައި މިދެތަރިންގެ އިތުރުން އުޅެނީ ބޫމީ ޕެދްނޭކަރް އެވެ.

މި ފިލްމަށް ހަތަރު ދުވަސް ތެރޭގައި ވަނީ 50 ކަރޯޑަށްވުރެ ގިނަ ރުޕީސް ލިބިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް