ފުވައްމުލަކު ސިޓީގައި ހިންގަމުން އަންނަ އާރުއެންޑްއާރު ކެފޭގެ ބަދިގޭގައި މިއަދު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
މީޑިއާތަކަށް މައުލޫމާތުދެއްވަމުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވީ އެ ކެފޭގެ ބަދިގޭގައި ރޯވި އަލިފާން އެމްއެންޑީއެފް ސަދަން އޭރިއާ ފުވައްމުލައް ފަޔަރ ސްޓޭޝަންގެ ސިފައިން ނިއްވާލާފައިވާކަމަށެވެ.
"މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވޭ، މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު 11:23 ހާއިރު" އާޒިމް ވިދާޅުވިއެވެ.
މި ހާދިސާގެ ބައެއް ފޮޓޯ އެމްއެންޑީއެފުން ހިއްސާކޮށްފައިވާއިރު ބެލެވޭގޮތުގައި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ އެ ކެފޭގެ ބަދިގޭގައިހުރި ފްރަޔަރ އެއްގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް