ކޮމެޑީ ރޯލުތަކުން ފެންނަ އައިސްތު ނިޔާވެއްޖެ

ދިވެހި ފިލްމީ އިންޑަސްޓްރީން ހެއްވާ މަޖާ ރޯލުތަކުން ފެންނަ އައިޝަތު ރަޝީދާ (އައިސްތު) ނިޔާވެއްޖެ އެވެ. އައިސްތު ނިޔާވެފައި ވަނީ އިއްޔެގެ ވަގުތެއްގައި އިންޑިއާގެ ޓްރިވެންޑްރަމްގައި ސިއްހީ ފަރުވާ ހޯދަމު...

13 Nov 2019 | 07:54

ދިވެހި ފިލްމީ އިންޑަސްޓްރީން ހެއްވާ މަޖާ ރޯލުތަކުން ފެންނަ އައިޝަތު ރަޝީދާ (އައިސްތު) ނިޔާވެއްޖެ އެވެ.

އައިސްތު ނިޔާވެފައި ވަނީ އިއްޔެގެ ވަގުތެއްގައި އިންޑިއާގެ ޓްރިވެންޑްރަމްގައި ސިއްހީ ފަރުވާ ހޯދަމުންދަނިކޮށް ހާޓްއެޓޭކެއް ޖެހިގެންނެވެ.

އައިސްތު އަކީ ދިވެހި ފިލްމީ އިންޑަސްޓްރީގައި އެތައް ދުވަހަކު މަސައްކަތްކޮށްފައިވާ ފަންނާނެކެވެ. އައިސްތު ގިނައިން ފެނިގެން ގޮސްފައި ވަނީ މަޖާ ރޯލުތަކުންނެވެ. އައިސްތު އެންމެ ބޮޑަށް ވިދައިލީ ރޯދަމަހު އަންނަ ޔޫސޭގެ "ދިރިއުޅުމަކީ މިއީބާ؟" ޑްރާމާ އިންނެވެ.

މީގެ އިތުރުން ދިވެހިންގެ ތެރޭގައި ވަރަށް ބޮޑަށް މަގުބޫލުވި ޑްރާމާ ސިލްސިލާ، "ހިނިތުންވެލާށޭ ކަލާ" އިންވެސް އައިސްތު ވަނީ އެތައް ދިވެހިންގެ ތަރުހީބު ހޯދާފައެވެ.

އައިސްތު ކުޅެފައިވާ "ކޫލް ކުރާ ފަންކާ" އިޝްތިހާރަކީ ވެސް ބެލުންތެރިންގެ ތެރޭގައި ވަރަށް މަޝްހޫރުވި އިޝްތިހާރެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް