މަހާނަ ކޮނުނު މީހާގެ ބަންދުގެ މުއްދަތު ޖަހައިފި

ހދ. ކުޅުދުއްފުށީ ކުޑަ މިނިސްކިތުގައި މަހާނަ ކޮނެގެން ހައްޔަރުކުރި ޒުވާނާގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ. ކުޅުދުއްފުށީ ކުޑަ މިސްކިތުގައި މަހާނަ ކޮންނަން އިންދައި ހައްޔަރުކުރި އުމުރުން 19 އަހަރުގެ ޒުވ...

13 Nov 2019 | 07:31

ހދ. ކުޅުދުއްފުށީ ކުޑަ މިނިސްކިތުގައި މަހާނަ ކޮނެގެން ހައްޔަރުކުރި ޒުވާނާގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ.

ކުޅުދުއްފުށީ ކުޑަ މިސްކިތުގައި މަހާނަ ކޮންނަން އިންދައި ހައްޔަރުކުރި އުމުރުން 19 އަހަރުގެ ޒުވާނާގެ ބަންދަށް ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން ވަނީ ފަނަރަދުވަހުގެ މުއްދަތެއް ޖަހާފައެވެ.

އޭނާ ހައްޔަރުކޮށްފައި ވަނީ މިދިޔަ އާދީއްތަ ދުވަހުގެ އިރުއޮއްސި 6:30 ހާއިރުއެވެ. އޭނާ މަހާނަ ކޮނުނު އިނީ މަސްތުގެ ހާލަތުގައި ކަމަށާއި އޭނާ އަކީ މަސްތުވާތަކެތި ބޭނުންކުރާ ޒުވާނެއް ކަމަށް މަންޒަރު ދުށް މީހަކު ދުވަހަށް ވަނީ ކުރިން މައުލޫމާތު ދީފައެވެ.

ބަންދުގެ މުއްދަތު ޖެހި ޝަރީއަތުގައި އޭނާ ބުނެފައި ވަނީ ގަބުރު ކޮނުނީ ކޮއްކޮއެއް މަރުވެފައިވާތީ ކޮއްކޮގެ ގަބުރު ހޯދުމުގެ ގޮތުން ކަމަށެވެ. އަދި ގަބުރު ކޮންނަމުން ދިޔަ ވަގުތު ނުފެންނަ ގޮތްނޭންގޭ މީހަކު އޭނާއަށް ގަބުރު ކޮނުމަށް ހިތްވަރު ދެމުން ދިޔަކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

ކުޅުދުއްފުށި ކުޑަ މިސްކިތު ގަބުރުސްތާނަކީ އެރަށުގައި އެންމެ ގިނަ މީހުން ވަޅުލާ ގަބުރުސްތާނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް