ގާޒީ އަލީ ރަޝީދުގެ ފްލެޓަށް ދިން ގެއްލުން ފަނޑިޔާރުންގެ ޖަމިއްޔާއިން ކުށްވެރިކޮށްފި

ކްރިމިނަލް ކޯޓާއި ހަވާލުވެގެން ހުންނެވި ގާޒީ އަލީ ރަޝީދު ދިރިއުޅުއްވާ ފްލެޓްގެ ދޮރަށް ކޯރާޑިއެއް މެދުވެރިކޮށް ދިން ގެއްލުން ދިވެހި ފަނޑީޔާރުންގެ ޖަމިއްޔާއިން ކުށްވެރިކޮށްފި އެވެ. ފަނޑިޔާރުންގެ ޖިމިއްޔ...

13 Nov 2019 | 06:22

ކްރިމިނަލް ކޯޓާއި ހަވާލުވެގެން ހުންނެވި ގާޒީ އަލީ ރަޝީދު ދިރިއުޅުއްވާ ފްލެޓްގެ ދޮރަށް ކޯރާޑިއެއް މެދުވެރިކޮށް ދިން ގެއްލުން ދިވެހި ފަނޑީޔާރުންގެ ޖަމިއްޔާއިން ކުށްވެރިކޮށްފި އެވެ.

ފަނޑިޔާރުންގެ ޖިމިއްޔާއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ގާޒީ އަލީ ރަޝީދު ދިރިއުޅުއްވާ އެޕާޓްމެންޓްގެ ދޮރަށް މިދިޔަ ހޯމަދުވަހުގެ ރޭގެ ވަގުތެއްގައި ބަޔަކު ކޯރާޑިއަކުން ގެއްލުން ދީފައިވާތީ، މިއަމަލު ވަރަށް ބޮޑަށް ކުށްވެރިކުރާކަމަށެވެ. އަދި ކަމާބެހޭ އިދާރާތަކުން ވީއެންމެ އަވަހަކަށް މިމައްސަލަ ތަހުޤީޤުކޮށް މިކަމުގައި ބައިވެރިވެފައިވާ ފަރާތްތައް ހޯދާ ޤާނޫނީ ފިޔަވަޅު އެޅުމަށްވެސް އެޖަމިއްޔާއިން ވަނީ ގޮވާލައިފައެވެ.

އެޖަމިއްޔާއިން ބުނީ، އަމިއްލަ ފަރުދަކަށް ވިޔަސް އަދި ދައުލަތުގެ ކަމަކާ ހަވާލުވެގެން ހުރި މީހަކު ކަމުގައި ވީނަމަވެސް، ފަނޑީޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވައިގެން ނުވާނެކަމަށް ޤާނޫނު އަސާސީގައި ހާމަކޮށްފައިވާއިރު، ފަނޑިޔާރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ދައުލަތުގެ ސަލާމަތީ ބާރުތަކުން ހަމަޖައްސަން ވާނެކަމަށް ޤާނޫނުގައި އަންގާފައިވާނެ ކަމަށެވެ.

އެހެންކަމުން ޤާނޫނުތަކުގައި އަންގާފައިވާގޮތުގެ މަތިން، ފަނޑިޔާރުންނަށް ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމާއި ކަށަވަރުކޮށްދިނުމަށް ކުރަންޖެހޭ ކަންކަން އެގޮތުގެ މަތިން ކުރެވިފައިވާކަން ކަމާބެހޭ ފަރާތްކުން ކަށަވަރުކޮށްދެން ޖެހޭނެކަމަށް އެޖައްމިއްޔާއިން ބުންޏެވެ. މީގެއިތުރުން އެކަންކަމާ ގުޅޭގޮތުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅައި ދިނުމަށްވެސް ކަމާބެހޭ އެންމެހާ ފަރާތްތަކަށް އެމިއްޔާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް