ރޭގެ އެކްސިޑެންޓްގައި ނިޔާވި ކުއްޖާގެ ޖަނާޒާ މިއަދު މެންދުރު ނަމާދަށް ފަހުގައި

ރޭ ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ނިޔާވި ކުއްޖާގެ ޖަނާޒާ މިއަދު މެންދުރު ނަމާދަށް ފަހުގައި އޮންނާނެ އެވެ. ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައި ވަނީ ހުޅުމާލެ ވަގުތީ މިސްކިތުގައެވެ. އެކްސިޑެ...

13 Nov 2019 | 05:58

ރޭ ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ނިޔާވި ކުއްޖާގެ ޖަނާޒާ މިއަދު މެންދުރު ނަމާދަށް ފަހުގައި އޮންނާނެ އެވެ. ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައި ވަނީ ހުޅުމާލެ ވަގުތީ މިސްކިތުގައެވެ.

އެކްސިޑެންޓްގައި ނިޔާވީ، ކ. ތުލުސްދޫއަށް އުފަން ފާތިމަތު އަންޖުން ޝަފީގު، 13 އަހަރެވެ.

މި ކުއްޖާ ނިޔާވީ ކުއްޖާގެ މަންމައާއެކު ސައިކަލުގައި ދަނިކޮށް ބުރިޖުން ހުޅުމާލެއަށް ފައިބާ މަގުގައި ފަހަތުން އައި ބަހަކުން އެ ސައިކަލުގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައެވެ. އެކްސިޑެންޓް ވުމާއެކު އެކުއްޖާ ޓްރީ ޓޮޕް ހޮސްޕިޓަލަށް ގެންދިޔައެވެ. ނަމަވެސް ފުރާނަ ސަލާމަތް ކުރެވޭ ގޮތެއް ނުވިއެވެ.

މިއެކްސިޑެންޓް ހިނގާފައިވަނީ 10:40 ހާއިރު ހުޅުމާލެ ނިރޮޅުމަގުން ހައިވޭއަށް އަރާ ހިސާބު ޓާމިނަލް ކައިރިންނެވެ.

ކުޑަކުއްޖާ ހޮސްޕިޓަލަށް ގެންދެވުނު އިރުވެސް ވަނީ ނިޔާވެފައިކަމަށް ހޮސްޕިޓަލުން މައުލޫމާތުދެއެވެ. އެކުއްޖާގެ މަންމައަށް މާ ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް