ރާއްޖޭގެ އުތުރުގެ ރަށެއްގެ ސުކޫލެއްގެ ޕްރިންސިޕަލަކު ދަރިވަރަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.
މިމައްސަލައާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގެ ޕާސަނަލް ސެކްރެޓަރީ ދުވަހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެމައްސަލާގައި ކަށަވަރުކުރަންޖެހޭ މައުލޫމާތުތަކާއި ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ. އެމައްސަލައިގައި ޕްރިންސިޕަލާއި މެދު އަޅާނެ ފިޔަވަޅަކާއި މެދު މިއަދު ގޮތެއް ނިންމާނެ ކަމަށްވެސް ޕީއެސް ވަނީ ވިދާޅުވެފައެވެ.
ޕީއެސް ވިދާޅުވީ، އެމައްސަލާގައި ބަލަންޖެހޭ މައްސަލަތަކެއް ހުރުމުން ޕްރިންސިޕަލާއި މެދު އަދި އިދާރީ ފިޔަވަޅެއް އަޅައިފައި ނުވާނެ ކަމަށެވެ. މައްސަލައަކީ ފުލުހުންނަށް ހުށަހެޅިފައިވާ މަސައްލައެއް ކަމަށާއި، އެޑިއުކޭޝަން މިނިސްޓަރީއަށް އެކަމާގުޅޭ އެއްވެސް މައްސަލައެއް ހުށަހަޅާފައި ނުވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް ފުލުހުންނަށް އެފަދަ މައްސަލައެއް ހުށަހަޅާފައިވާކަމުގެ މައުލޫމާތު މިނިސްޓްރީއާއި ފުލުހުން ހިއްސާކުރިކަމަށް ޕީއެސް މައުލޫމާތު ދެއްވައެވެ.
ފުލުހުން ވިދާޅުވެފައި ވަނީ މިފަދަ މައްސަލައެއް މިދިޔަ ހޯމަދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި މިކަމުގައި ބަލަންޖެހޭ އެންމެހާ ކަންކަން މިހާރު ބަލަމުން އަންނަކަމަށް ފުލުހުން ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް