ޤަވާއިދަށް ނުފެތޭ ހެލްމެޓް އަޅާކަން ފާހަގަކުރެވޭ ކަމަށާއި، އެފަދަ ފަރާތްތަކާއިމެދު ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ވިދާޅުވެއްޖެ އެވެ.
ފުލުހުން ކުރި ޓްވީޓެއްގައި ވިދާޅުވީ، ބުރިޖް އަދި ހައިވޭގައި ޤަވާއިދާއި ހިލާފު ހެލްމެޓް ބޭނުންކުރާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެއީ ރައްކާތެރިކަމަކަށް ނުވާތީ ޤަވާއިދުގައި ފާހަގަކޮށްފައިވާ މިންގަނޑަށް ނުފެތޭ ހެލްމެޓް ބޭނުންކުރާ ފަރާތްތަކާއިމެދު ފިޔަވަޅު އަޅާނެކަމަށް އެޓްވީޓުގައި ވިދާޅުވިއެވެ.
އިންޖީނުލީ އެއްގަމު އުޅަނދު ދުއްވަންވީ ދުވެލީގެ ޤަވާއިދުގައި ވާގޮތުގައި، 30 ކިލޯ މީޓަރަށްވުރެ ބާރަށް ދުއްވޭ މަގުތަކުގައި ދުއްވަން އިންނަ މީހާއާއި ފަހަތުގައި އިންނަ މީހާ ހެލްމެޓް އެޅުމަކީ މަޖުބޫރު ކަމެކެވެ. މިޤަވާއިދުގައި ބުނާގޮތުގައި ޤަވާއިދާއި ހިލާފްވެއްޖެނަމަ ފުރަތަމަ ފަހަރު 500 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ. އަދި ދެވަނަ ފަހަރަށް 750 ރުފިޔާއިން އަދި ދެފަހަރަށްވުރެ ގިނަވާ ކޮންމެ ފަހަރަކު 1000 ރުފިޔާއިން ޖޫރިމަނާ ކުރާނެކަމަށް ޤަވާއިދު ބުނެއެވެ.
ޤާނޫނުގެ ދަށުން ބުރިޖާއި ހައިވޭގައި ހެލްމެޓް އަޅަން މަޖުބޫރުކޮށްފައިވަނީ މިއަހަރުގެ މާރޗް މަހުން ފެށިގެންނެވެ. ނަމަވެސް ހެލްމެޓް އަޅަންޖެހޭ ސަރަހައްދުތަކުގައި ހެލްމެޓް ނާޅައި ދުއްވާ ފަރާތްތަކާއިމެދު ފިޔަވަޅު އަޅަން ފެށީ އޭޕްރީލް މަހުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް