ދަރުމަވަންތަ ހޮސްޕިޓަލަށް ފިޒިއޮތެރަޕީ ހޯދަން ދިޔަ އަންހެނަކު ރޭޕް ކުރަން އުޅުނު ޑޮކްޓަރު ވަޒީފާއިން އެކަހެރިކޮށްފިއެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ މިފަދަ މައްސަލައެއް މިދިޔަ މަހުގެ ނުވަނަ ވަނަ ދުވަހު ހުށަހަޅާފައިވާކަމަށާއި އެ މައްސަލަ ހުށަހަޅާފައިވަނީ އެ ހޮސްޕިޓަލަށް ފިޒިއޮތެރަޕީ ހޯދަން ދިޔަ 19 އަހަރުގެ އަންހެނެއް ކަމަށެވެ.
މި މައްސަލާގައި ތުހުމަތުކުރެވޭ އުމުރުން 28 އަހަރުގެ އިންޑިއާގެ ޑޮކްޓަރު މިހާރު ވަޒީފާއިން އެކަހެރިކޮށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން އަންނަކަމަށް އައިޖީއެމްއެޗުން ވަނީ ބުނެފައެވެ.
ފުލުހުން ވިދާޅުވެފައި ވަނީ މިމައްސަލަ އަންނަނީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން ކަމަށެވެ.
'ސަން' އާއި ހަވާލާދީ އައިޖީއެމްއެޗްގެ އޮފިޝަލަކު ވިދާޅުވީ، މިމައްސަލަ ފެންމަތިވިފަހުން ބަޔަކު ހޮސްޕިޓަލަށްވަދެ ބަދުއަހުލާގީ އަމަލު ހިންގިކަމަށް ތުހުމަތުކުރެވޭ ޑޮކްޓަރަށް ހަމަލާދިނުމަށްފަހު ގަދަކަމުން އެކަން ކުރިކަމަށް އޭނާ ލައްވައި އެއްބަސްކުރުވިކަމަށެވެ. އެމަންޒަރު ހޮސްޕިޓަލުގެ ސީސީޓީވީއަށް އަރާފައިވާ ކަމަށްވެސް އޮފިޝަލު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް