ތަންހާޖީ: އަޖޭގެ 100 ވަނަ ފިލްމް

ބޮލީވުޑްގެ ބަތަލް އަޖޭ ދޭވްގަން ދެން އެންމެ އަވަހަށް ފެނިގެންދާނެ ފިލްމް، 'ތަންހާޖީ: ދި އަންސަންގް ވޮރިއަރ' އަކީ އޭނާގެ 100 ވަނަ ފިލްމަށް ވުމުން ގިނަ ފަންނާނުން މަރުޚަބާ ކިޔައިފިއެވެ. މި ފިލްމަކީ 17 ވ...

13 Nov 2019 | 04:28

ބޮލީވުޑްގެ ބަތަލް އަޖޭ ދޭވްގަން ދެން އެންމެ އަވަހަށް ފެނިގެންދާނެ ފިލްމް، 'ތަންހާޖީ: ދި އަންސަންގް ވޮރިއަރ' އަކީ އޭނާގެ 100 ވަނަ ފިލްމަށް ވުމުން ގިނަ ފަންނާނުން މަރުޚަބާ ކިޔައިފިއެވެ.

މި ފިލްމަކީ 17 ވަނަ ގަރުނުގައި ދިރިއުޅުނު ތަނާޖީ މަލޫސަރް ނަމަކަށް ކިއުނު މަރާޓީ މިލިޓަރީ  ލީޑަރެއްގެ މައްޗަށް ކުޅޭ ބައޯޕިކް އެކެވެ.

ގިނަ ފަންނާނުންނެއް އަޖޭގެ 100 ވަނަ ފިލްމަށް މަރުޚަބާ ކިޔާފައިވާއިރު އެންމެ ހާއްސަ މެސެޖެއް ދީފައި ވަނީ ޝާހްރުކް ޚާން އެވެ. ޝާހު ކުރި ޓްވީޓުގައި ބުނީ، މިއަށްފަހު އިތުރު 100 ފިލްމް އަދި އެއަށްވުރެވެސް ގިނަ ފިލްމުން އަޖޭ ފެންނާނެކަމަށް އުންމީދު ކުރާކަމުގައެވެ. 'ގޯލްމާލް'ގެ ސީނެއް މަތިން ހަދާންކޮށްދެމުން ޝާހު ބުނީ ދެމޮޓޯސައިކަލް މައްޗަށް ކޮޅަށް އަރައިގެންހުރެ ވަރަށް ދުރަށް އަޖޭއަށް ދަތުރުކުރެވިއްޖެ ކަމަށެވެ.

https://twitter.com/ajaydevgn/status/1193802358100119552

ޝާހުގެ އިތުރުން، އަކްޝޭ ކުމާރު، ވަރުން ދަވަން، އަބީޝޭކް ބައްޗަން، ރިތޭޝް ދޭޝްމުކް އަދި އަރްޝަދް ވަރސީ ވަނީ ޓްވީޓާ މެދުވެރިކޮށް އަޖޭއަށް މަރުޚަބާ ކިޔާފައެވެ.

https://twitter.com/ajaydevgn/status/1194184382841413633

އަޖޭގެ 100 ވަނަ ފިލްމް، ތަންހާޖީ ރިލީޒްކުރަން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ 10 ވަނަ ދުވަހުއެވެ. އަޖޭ އާއި އެކީ މިފިލްމުން ދެން ފެނިގެންދާނީ އޭނާގެ އަންހެނުން ކާޖޮލް، ސައިފް އަލީ ޚާން އަދި ޝަރަދް ކެލްކަރް އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް