އޮސްޓްރޭލިއާގެ ޗީފް އޮފް ޑިފެންސް ފޯރސް ލެފްޓިނެންޓް ޖެނެރަލް އެންގަސް ކޭމްޕްބެލްގެ އަރިހަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ އޮސްޓްރޭލިއާގެ ޑިފެންސް މިނިސްޓްރީގައި ހުންނަ ލެފްޓިނެންޓް ޖެނެރަލް ކޭމްޕްބެލްގެ އޮފީހުގައެވެ.
މި ބައްދަލުވުމުގައި، ދެބޭފުޅުންވަނީ އޮސްޓްރޭލިޔާ އާއި ދިވެހިރާއްޖެއާ ދެމެދު، ޑިފެންސް ސެކްޓަރ ގައި އޮތް ގުޅުން އިތުރަށް ފުޅާކޮށް، ހަރުދަނާކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރު އިތުރަށް ޒަމާނީކުރުމާ ގުޅޭގޮތުން ވެސް މަޝްވަރާކުރައްވާފައި ވެއެވެ.
މީގެ އިތުރުން މިނިސްޓަރު މާރިޔާ ވަނީ އޮސްޓްރޭލިއަން މެރިޓައިމް ސޭފްޓީ އޮތޯރިޓީއަށް ޒިޔާރަތްކުރައްވާފައެވެ. މި ޒިޔާރަތުގައި ޑިފެންސް މިނިސްޓަރ ވަނީ އެއޮތޯރިޓީގެ ސީއީއޯ މިކް ކިންލީ އާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި، ދެބޭފުޅުން މައިގަނޑުގޮތެއްގައި މަޝްވަރާކުރައްވާފައިވަނީ ސަރޗް އެންޑް ރެސްކިއު އޮޕަރޭޝަންސްއާއި، އިންޓަރނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަންއާއި، ކަނޑުން ދަތުރުކުރާ އުޅަނދުތަކާއި މަނަވަރުތަކުގެ ރައްކާތެރިކަމާއި، ކަނޑުތައް ތަޣައްޔަރުވުމުން ސަލާމަތްކުރުމާއި، މެރިޓައިމް ސޭފްޓީގެ ދާއިރާގައި އަންހެނުންގެ ދައުރާ ބެހޭގޮތުންނެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް