މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) އުފެއްދުމަށް ބާއްވަންޖެހޭ ހާއްސަ ޖަލްސާ އަންނަ މަހުގެ 7 ގައި ބޭއްވުމަށް ނިންމައިފިއެވެ.
ދަރުބާރުގޭގައި ބޭއްވުމަށް ހަަޖެހިފައިވާ މި ޖަލްސާގައި ޕާޓީގެ އަސާސީ ޤަވާއިދު ފާސްކުރުމާއި، ދިދަ އަދި ލޯގޯ ފާސްކުރުން އޮންނާނެ ކަމަށް އެމްއާރްއެމުން ބުނެއެވެ.
https://twitter.com/MRM_Office/status/1181626723340701697
އެމްއާރުއެމް އުފެއްދުމަށް ބާއްވަންޖެހޭ ޖަލްސާ ބޭއްވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފައިވަނީ މި މަހުގެ 2 ވަނަ ދުވަހުއެވެ.
ސިޔާސީ ޕާޓީ ތަކުގެ ޤަވައިދުގެ އަށް ވަނަ މާއްދާގެ (ށ) ގައި ބުނެފައިވަނީ ސިޔާސީ ޕާޓީއެއް އުފެއްދުމަށް ބޭނުންވާ 3000 މީހުންގެ ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމުން އެ ޕާޓީއެއް ރަޖިސްޓްރީކޮށްދިނުމުގެ ކުރިން އެޕާޓީއަކަށް ސޮއިކޮށްފައިވާ މީހުންގެ ތެރެއިން މަދުވެގެން 300 މީހުން ބައިވެރިވާ ޖަލްސާއެއް ބާއްވަންޖެހޭނެ ކަމަށެވެ.
https://twitter.com/MRM_Office/status/1181610307921145856
މިއީ ރައީސް މައުމޫން އިސްވެ ހުންނަވައިގެން ހައްދަވާ ތިންވަނަ ޕާޓީއެވެ. އެންމެ ފުރަތަމަ އެމަނިކުފާނު އުފެއްދެވީ ޑީއާރްޕީއެވެ. އެޕާޓީން ވަކިވެވަޑައިގަތީ އޭރު ހުންނެވި ޑީއާރުޕީގެ ލީޑަރު އަހްމަދު ތަސްމީން އަލީއާ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތަކާ ހެދިއެވެ. އޭގެފަހުން އުފެއްދީ ޕީޕީއެމްއެވެ. އެޕާޓީން ދުރުވާން ޖެހުނީ ކޮއްކޯފުޅު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ހިޔާލުތަފާތުވެގެންނެވެ. އެ މައްސަލާގައި ޕީޕީއެމްގެ މިލްކިވެރިކަމާއި މެދު ސުވާލު އުފެދި ކޯޓަށްވެސް ދިޔައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް