ކެޔޮދޫ ޒުވާނުންގެ ޖަމިއްޔާއިން ބާއްވާ "ކޭ.ޒެޑް.ޖޭ ވިމެންސް ޗެމްޕިއަންޝިޕް 2019" ގެ ޗެމްޕިއަންކަން 'މިކޮޅުކޮޅުން' ހޯދައިފިއެވެ.
މި މުބާރާތުގެ ޗެމްޕިއަންކަން 'މިކޮޅުކޮޅުން' ހޯދީ ފައިނަލްގައި ސްޕޯރޓްސް ކްލަބް ހޮސްކޮވޯއާ ވާދަކުރި މެޗް 0-3 އިން ކާމިޔާބުކޮށްގެނެވެ. ދެޓީމްގެ ސަޕޯޓަރުންގެ ފަރާތުންވެސް ހުއްޓުމެއްނެތި ބޮޑު ތަރުހީބެއް ލިބުނު މި މެޗްގައި 'މިކޮޅުކޮޅުން' އިން ޖެހި 3 ގޯލްވެސް ޖަހާފައިވަނީ އެޓީމްގެ ފިރުޝާނާއެވެ. މި މެޗްގެ ކްއީން އޮފް ދަ މެޗްގެ މަޤާމަށްވެސް ހޮވުނީ ފިރުޝާނާއެވެ.
ފައިނަލް މެޗް ނިމުމާއެކު މުބާރާތުގެ ވަނަވަނައަށް ޓީމްތަކަށް އިނާމާއި ޓްރޮފީ ހަވާލުކުރުން އޮތެވެ. މިގޮތުން މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ ސީކްރެޓްސްގެ ޢާއިޝަތު ޖުނައިނާއެވެ. ފެއަރޕްލޭ ކުޅުންތެރިޔާގެ މަޤާމަށް 'މިކޮޅުކޮޅުން' ގެ ފާޠިމަތު މަނިކު ހޮވުނުއިރު އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ 'މިކޮޅުކޮޅުން' ގެ ފިރުޝާނާއެވެ.
މުބާރާތުގެ 'ޑްރީމް ޓީމް' ގައި ހިމެނޭ ކުޅުންތެރިންނަކީ؛ ފިރުޝާނާ ('މިކޮޅުކޮޅުން')، އާމިނަތު ފަސާހާ (ސްޕޯރޓްސް ކްލަބް ހޮސްކޮވޯ)، ފާޠިމަތު މަނިކު ('މިކޮޅުކޮޅުން')، ވަސީލާ ޢަލީ ('މިކޮޅުކޮޅުން') އަދި ޢާއިޝަތު ސިމްލާ (ސްޕޯރޓްސް ކްލަބް ހޮސްކޮވޯ) އެވެ. މުބާރާތުގެ ރަނަރަޕް ޓީމަކީ ސްޕޯރޓްސް ކްލަބް ހޮސްކޮވޯ އެވެ. އަދި ފެއަރޕްލޭ ޓީމަކީ 'ގޭދޮށުޓީމް' އެވެ.
މި މުބާރާތް ބޭއްވުނީ ގިނަ ފަރާތްތަކެއްގެ އެއްބާރުލުމާއެކުގައެވެ. ސްޕޮންސަރުންގެ ގޮތުގައި މި މުބަރާތަށް އެހީތެރިވި މޯލްޑިވް ގޭސް، ޖުޕިޓަރ ސަންރައިސް ލޮޖް، ދިލްޝާދު މާރޓް އަދި ދަ ލަޒާނިޔާ ޕޮޓް ގެ އެހީތެރިކަން ކެޔޮދޫ ޒުވާނުންގެ ޖަމްޢިއްޔާއިން ފާހަގަކުރެއެވެ. މި މުބާރާތުގެ މީޑިއާ ޕާރޓްނަރ އަކީ ދުވަސް އޮންލައިނެވެ. މީގެ އިތުރުން ޓީމްތަކުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ ފަރާތުން ލިބުނު އެއްބާރުލުމާއި އެހީތެރިކަމަކީ މުބާރާތް ކާމިޔާބުކަމާއެކު ނިންމުމުގައި ވަރަށް ލިބުނު ވަރަށް ބޮޑު އެހީތެރިކަމެއްކަން އެ ޖަމްޢިއްޔާއިން ފާހަގަކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް