މަސައްކަތު މީހުން ވޯކްޝޮޕަށް، ވެރިން ސާފު ކުރުމުގައި!

އިސްލާމީ މަރުކަޒަކީ ރާއްޖޭގައި ހުރި އެންމެ ބޮޑު މިސްކިތެވެ. މި މިސްކަތް ފޮޅާ ސާފު ކުރުމަށް އެހެން މިސްކިތްތަކުގައި ތިބޭ އަދަދަށްވުރެ ގިނަ މަސައްކަތު މީހުން އުޅެއެވެ. ނަމަވެސް މިއަދު މިއީ އިސްލާމީ މަރު...

13 Oct 2019 | 11:01

އިސްލާމީ މަރުކަޒަކީ ރާއްޖޭގައި ހުރި އެންމެ ބޮޑު މިސްކިތެވެ. މި މިސްކަތް ފޮޅާ ސާފު ކުރުމަށް އެހެން މިސްކިތްތަކުގައި ތިބޭ އަދަދަށްވުރެ ގިނަ މަސައްކަތު މީހުން އުޅެއެވެ. ނަމަވެސް މިއަދު މިއީ އިސްލާމީ މަރުކަޒުގެ ދިގު ތާރީހުގައި ވެސް ނުފެންނަ ފަދަ ދުވަހެވެ. މަސައްކަތު މީހުން ކިޔަވަން ފޮނުވުމަށްފަހު މިނިސްޓްރީގެ އިސްވެރިން މިސްކިތް ފޮޅާ ސާފު ކުރަން މިއަދު ވަނީ ނިކުމެފައެވެ.

އިސްލާމިކް މިނިސްޓްރީ އިން ބުނީ އެ މިނިސްޓްރީގެ މަސައްކަތު މީހުން ކިޔަވަން ފޮނުވައި ވެރިންނާއި އިދާރީ މުވައްޒަފުން މިއަދު މަސައްކަތު މީހުންގެ ވަޒީފާ އަށް ނިކުތީީ، އެ މިނިސްޓްރީގެ ރެކްރިއޭޝަން ކްލަބުން މަސައްކަތު މީހުންނަށް ހާއްސަ ތަމްރީނު ޕްރޮގްރާމެއް ހިންގާތީ، އެ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ކަމަށެވެ.

އަދި އެ ޕްރިގްރާމުގައި ހުރިހާ މަސައްކަތު މުވައްޒަފުންނަށް ބައިވެރިވެވެން އޮތީ، އެ މުވައްޒަފުން ކުރާ މަސައްކަތް އެހެން ބަޔަކު ކޮށްގެން ކަމަށްވާތީ އިސްލާމިކް މިނިސްޓްރީގެ އިދާރީ މުވައްޒަފުންނާއި ވެރިން އެ މަސައްކަތާއި ހަވާލުވީ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އެގޮތުން އެގޮތުން 24 ގަޑިއިރު ވަންދެން ޑިއުޓީ ބަހައިގެން ފޮޅާ ސާފުކޮށް މިނިސްޓްރީ އާއި އިސްލާމީ މަރުކަޒުުގެ ޑިއުޓީ ބަލަހައްޓާނީވެސް ވެރިންނާއި އިދާރީ މުވައްޒަފުންނެވެ. މި ހަރަކާތުގައި އިސްލާމިކް މިނިސްޓަރުވެސް ބައިވެރިވެވަޑައިގަންނަވައެވެ.

މިނިސްޓްރީގެ މަސައްކަތު މީީހުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ވޯކްޝޮޕްގައި 35 މީހުން ބައިވެރިވެ އެވެ. މި ވޯކްޝޮޕްގައި ފަސްޓްއެއިޑް އާއި ސިއްހީ އެހެނިހެން މައުލޫމާތު ހިއްސާ ކުރާނެ އެވެ. އަދި މީހުންނާ މުއާމަލާތް ކުރާނެ ރީތި ގޮތްތައް ދަސްކޮށްދޭނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް