އަލްހާނަށް ހަމަލާ ދިން މީހާ ހަތް އަހަރަށް ޖަލަށް

ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީއަށް ހަމަލާދިން މީހާ ހަތް އަހަރަށް ޖަލަށް ލުމަށް ކުރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ. މި މައްސަލައިގެ ޝަރީއަތް ފެށީ 2015ވަނަ އަހަރު...

13 Oct 2019 | 10:47

ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީއަށް ހަމަލާދިން މީހާ ހަތް އަހަރަށް ޖަލަށް ލުމަށް ކުރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

މި މައްސަލައިގެ ޝަރީއަތް ފެށީ 2015ވަނަ އަހަރުގެ ތެރޭގައެވެ. މައްސަލައިގެ ހުކުމް ކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އަލްހާނަށް ހަމަލާދިން ކަމުގެ ކުށް ސާބިތުވެފައިވަނީ އައްޑޫ ސިޓީ ހިތަދޫ، އުލްފާމަންޒިލް މުހައްމަދު ނަސީމްގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމްގައި ބުނެފައިވަނީ އަލްހާނަށް ހަމަލާދިން ކަމަށް ނަސީމް އިންކާރުކޮށްފައިވީ ނަމަވެސް ދައުލަތުން ހުށަހެޅި ހެއްކާއި ގަރީނާއިން އެ ހަމަލާ ދީފައިވަނީ ނަސީމްކަން ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށެވެ. ކުށް ކަނޑައަޅާފައިވަނީ ހަށިގަނޑަށް ގެއްލުން ދިނުމުގެ ކުށަށް ފަސް އަހަރު އަދި އެކަމުގައި ތޫނު އެއްޗެއް ބޭނުން ކޮށްފައިވާތީ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެވެ.

އަލްހާނަށް ހަމަލާދީފައިވަނީ 2014 ވަނަ އަހަރުގެ ފެބުރުއަރީ މަހު އާޓިފިޝަލް ބީޗުގައި އޭރު ހުރި ބްރޭކްވޯޓާ ރެސްޓޯރެންޓް ތެރޭގައި އިންނަވަނިކޮށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް