މެލޭޝިޔާގައި ރަސޫލާ އަށާއި ދީނަށް ފުރައްސާރަކުރި މީހަކަށް ޖަލު ހުކުމެއް

ކީރިތި ރަސޫލާ (ސއވ) އަށާއި އިސްލާމް ދީނަށް ފުރައްސާރަކުރި މެލޭޝިޔާގެ ރައްޔިތަކު ޖަލަށް ލާން ހުކުމްކޮށްފިއެވެ. އިސްލާމް ދީނަށާއި ކިރިތި ރަސޫލާ (ސއވ) ފުރައްސާރަކޮށް ސޯޝަލް މީޑިއާގައި އާންމުކުރި ޕޯސްޓްތަ...

13 Oct 2019 | 08:47

ކީރިތި ރަސޫލާ (ސއވ) އަށާއި އިސްލާމް ދީނަށް ފުރައްސާރަކުރި މެލޭޝިޔާގެ ރައްޔިތަކު ޖަލަށް ލާން ހުކުމްކޮށްފިއެވެ.

އިސްލާމް ދީނަށާއި ކިރިތި ރަސޫލާ (ސއވ) ފުރައްސާރަކޮށް ސޯޝަލް މީޑިއާގައި އާންމުކުރި ޕޯސްޓްތަކަކާއި ގުޅިގެން މި މީހާގެ މައްޗަށް ޖަލު ހުކުމެއް އިއްވާފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ.

އެ ގައުމުގެ ކޯޓަކުން އެލިސްޓާ ކާގިއާ ނަމަކަށް ކިޔާ މި މެލޭޝިޔާ މީހާގެ މައްޗަށް 10 އަހަރުގެ ޖަލު ހުމެއް ވަނީ އިއްވާފައެވެ.

ދީނަށް ފުރައްސާރަކުރާ މީހުންނަށް މެލޭޝިޔާއިން ހަރުކަށިކޮށް ފިޔަވަޅު އަޅާއިރު، މި މީހާގެ މައްޗަށް ދައުވާ ކޮށްފައި ވަނީ މެލޭޝިއާގެ ގާނޫނުގެ 298 ވަނަ މާއްދާ އާއި 505 ވަނަ މާއްދާ އަދި މަލްޓިމީޑިއާޔާ އާއި ބެހޭ ޤާނޫނުގެ ދަށުންނެވެ.

ދީނަށް ފުރައްސާރަކުރުމުގެ މައްސަލައެއް ސާބިތުވެއްޖެ ނަމަ މެލޭޝިޔާގެ ޤާނޫނު ބުނާގޮތުން ނަމަ މަދުވެގެން ފަސް އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ. ދީނަށް ފުރައްސާރަ ކުރާ މީހުންނަށް ޖަލު ހުކުމް އިއްވުމުގެ ބަދަލުގައި 50000 ރިންގްޓިން އިން ޖޫރިމަނާކުރުމުގެ އިހްތިޔާރުވެސް މެލޭޝިޔާގެ ޤާނޫނުގައި ވަނީ ދީފައެވެ. ނަމަވެސް މި މީހާ ދީނަށް ފުރައްސާރަ ކުރުމުގައި ހައްދުފަހަނަ އަޅާފައި ވާތީ، އޭނާގެ މައްޗަށް ވަނީ ބޮޑު ޖަލު ހުކުމެއް އިއްވާފައެވެ.

މިއީ ދީނަށް ފުރައްސާރަކޮށްގެން މެލޭޝިޔާގައި މިހާތަނަށް މީހެއްގެ މައްޗަށް އިއްވި އެންމެ ބޮޑު ޖަލު ހުކުމެވެ.

މިދިޔަ ހަފްތާގެ ތެރޭގައި ސޯޝަލް މީޑިއާގައި ދީނަށް ފުރައްސާރަކޮށް ކުރި ޕޯސްޓްތަކަކާއި ގުޅިގެން އިތުރު ތިން މީހަކު ވަނީ މެލޭޝިޔާގައި ޖޫރިމަނާކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް