މަޖިލީހުގެ ކުރީގެ މެމްބަރު އަހްމަދު ނިހާން ހުސެއިން މަނިކު ކަމަށް ހީކޮށް، ގާޒީ ނިހާން އިންޑިއާ އެއާޕޯޓްގައި ހިފަހައްޓާ ސުވާލުކޮށްފިއެވެ.
މިކަން ހާމަކޮށް ބައެއް މީޑިއާތަކަށް މައުލޫމާތުދެމުން ގާޒީ ނިހާންގެ އާއިލާ ބޭފުޅަކު ވިދާޅުވީ ނިހާން އިއްޔެ އިންޑިއާއަށް ވަޑައިގެންނެވީ ބޭސްފަރުވާއަށް ކަމަށާއި އެއާޕޯޓްގައި ނިހާން ހިފަހައްޓައި ގިނަ އިރުތަކެއް ވަންދެން ސުވާލު ކުރި ކަމަށެވެ.
އެގޮތުން ކުރީގެ މެމްބަރު ނިހާންގެ ފޮޓޯ ދައްކައި އެއީ އޭނާތޯ ސުވާލު ކުރި ކަމަށާއި އަދި މީގެ ކުރިން މަޖިލީހުގެ މެމްބަރު ކަން ކުރައްވާފައިވާނެތޯވެސް ސުވާލު ކުރިކަމަށް ބުނެފައިވެއެވެ. ދޫކޮށްލީ ކުރީގެ އެމްޕީ ނޫންކަން ޔަގީން ކުރުމަށްފަހުގައި ކަމަށްވެސް ބުނެފައިވެއެވެ.
ކުރީގެ އެމްޕީ ނިހާން ކަމަށް ހީކޮށް ގާޒީ ނިހާން ހިފަހައްޓައި ސުވާލުކޮށްފައިވާއިރު މިދިޔަ އަހަރު ޖޫން މަހުގައި ކުރީގެ އެމްޕީ ނިހާން އިންޑިއާއަށް ބޭސްފަރުވާއަށް ވަޑައިގެންނެވުމުން އިންޑިއާއަށް އެތެރެވިޔަ ނުދީ އަނބުރާ ފޮނުވާލާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް