ކޮމިޝަނާ ޖެނެރަލް އައްޔަންކުރަން ނަން ފޮނުވައިފި

ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަނާއި އޭނާގެ ނައިބުގެ މަގާމަށް އައްޔަންކުރަންވަން ދެ ބޭފުޅެއްހެ ނަން ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ފޮނުވައިފިއެވެ. ރައީސް އޮފީ...

13 Oct 2019 | 08:08

ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަނާއި އޭނާގެ ނައިބުގެ މަގާމަށް އައްޔަންކުރަންވަން ދެ ބޭފުޅެއްހެ ނަން ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ފޮނުވައިފިއެވެ.

ރައީސް އޮފީހުން ބުނީ އެ ދެ މަގާމަށް އައްޔަން ކުރަންވާ ބޭފުޅުންގެ ނަންތައް މަޖިލީހަށް ފޮނުއްވީ މިދިޔަ ބުދަ ދުވަހު ކަމަށެވެ. އެ މަގާމަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި ހަ ފަރާތުން އެ މަގާމަށް ކުރިމަތިލިއެވެ.

މީރާގެ އިސް މަގާމުތަކަށް ކުރިމަތިލާން ހުޅުވާލައިފައި މިވަނީ މީރާގެ ގާނޫނަށް ގެނައި އިސްލާހަކުން ކުރިން އެ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ މަގާމު ގެއްލިގެން ދިއުމުންނެވެ. މަޖިލީހުން ފާސްކުރި އެ އިސްލާހު ގާނޫނަކަށްވެ އަމަލު ކުރަން ފަށާ ތާރީހުން ފެށިގެން އެއް މަސް ދުވަހުގެ ތެރޭގައި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަން އާއި ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަންގެ މަގާމަށް އަލުން މީހަކު އައްޔަން ކުރަން ޖެހޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް