ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިފި

ހުޅުމާލޭގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިފ އެވެ. މިއަދު 7:50 ހާއިރު ހިނގި މި އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން 48 އަހަރުގެ ފިރިހެން މީހާ އަށާއި، ފަހަތުގައި އިން 41 އަހަރުގެ އަ...

13 Oct 2019 | 05:45

ހުޅުމާލޭގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިފ އެވެ.

މިއަދު 7:50 ހާއިރު ހިނގި މި އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން 48 އަހަރުގެ ފިރިހެން މީހާ އަށާއި، ފަހަތުގައި އިން 41 އަހަރުގެ އަންހެން މީހާ އަށް އެކިވަރުގެ އަނިޔާ ލިބިފައިފާކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވި ގޮތުގައި މި އެކްސިޑެންޓް ހިނގާފައި ވަނީ ހުޅުމާލެ ހުވަނދުމާ މަގުން ދުއްވާފައި ދިޔަ ކާރެއް އެރަށުގެ ފިލިގަސްމަގުން ދުއްވާފައި ދިޔަ ސައިކަލެއްގައި ޖެހިގެން ކަމުގައެވެ.

މި އެކްސިޑެންޓްގައި ސައިކަލު ގައި ތިބި ދެމީހުންނަށް އެކިވަރުގެ އަނިޔާ ލިބިގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި، ދެމީހުންނަށް މާ ސީރިއަސް އަނިޔާއެއް ނުލިބޭ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި އެކްސިޑެންޓްގައި ކާރު ދުއްވަން އިން 27 އަހަރުގެ އަންހެން މީހާ އަށް އެއްވެސް އަނިޔާއެއް ނުލިބެއެވެ. ނަމަވެސް އެ އަންހެން މީހާ ދުއްވަން އިން ކާރަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ދެ އުޅަނދު ދުއްވަން ތިބި ދެމީހުންގެ އަތުގައި ވެސް ލައިސެންސް އޮންނަ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. މިމައްސަލަ ފުލުހުން ދަނީ ތަހުޤީޤު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް