ނިމިދިޔަ ހަފްތާ މާލެ ސަރަހައްދުގައި 58 އެކްސިޑެންޓް ވަނީ ހިނގާފައެވެ.
ފުލުހުންގެ ޓްރެފިކް މެނޭޖްމެންޓް ޑިޕާޓްމެންޓުން ކޮންމެ ހަފްތާއަކު އާންމުކުރާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިމަހުގެ 5 ވަނަ ދުވަހުން މިމަހުގެ 11 ވަނަ ދުވަހަށް 58 އެކްސިޑެންޓެއް ވަނީ ހިނގާފައެވެ. އޭގެ ތެރެއިން 11 މީހަކަށް އެކިވަރުގެ އަނިޔާ ވަނީ ލިބިފައެވެ.
އެކްސިޑެންޓްގެ ސަބަބުން 9 މީހެއްގެ ލައިސެންސް މި މުއްދަތުގެ ތެރޭގައި ވަނީ ހިފަހައްޓާފައެވެ.
މިމުއްދަތުގެ ތެރޭގައި ފުލުހުން ވަނީ 1160 އުޅަނދެއް ބަލައި ފާސްކޮށްފައެވެ. ލައިސެންސް ކާޑު ނެތި ދުއްވި 63 މީހަކު ވަނީ ހިފަހައްޓާފައެވެ. އަދި ލައިސެންސް ނެތި ދުއްވި 130 މީހަކު ވަނީ ހިފަހައްޓާފައެވެ.
ބާރަށް ދުއްވައިގެން 14 މީހަކު ހިފެހެއްޓިއިރު، ލައިސެންސް ހިފަހައްޓާފައި ވަނިކޮށް ދުއްވި 5 މީހަކު ފުލުހުން ވަނީ މި މުއްދަތުގެ ތެރޭގައި ހިފަހައްޓާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް