ބޮލީވުޑްގެ "ލެޖެންޑް" އަމީތާބް ބައްޗަންގެ އުފަންދުވަހު 77 ފޫޓުގެ ކޭކެއް ފަޅައިފިއެވެ.
އިންޑިއާގެ އުދެއިޕޫރުގައި ހުންނަ އަޝޯކާ ބޭކަރީ އިން އަންނަނީ ކޮންމެ އަހަރަކު ވެސް އަމީތާބުގެ އުފަންދުވަސް ކުލަގަދަކޮށް ފާހަގަކުރަމުންނެވެ. ކޮންމެ އަހަރަކު ވެސް ކޭކު އަޅަނީ އަމީތާބުގެ އުމުރާއި އެއްވަރަށެވެ.
މިއަހަރުގެ އޮކްޓޫބަރު 11 ވަނަ ދުވަހު އަމީތާބަށް ފުރުނީ 77 އަހަރެވެ. އެހެންކަމުން މިއަހަރުގެ ކޭކު އަޅާފައި ވަނީ 77 ފޫޓުގެ ދިގުމިނަށެވެ. މިކޭކުގައި ދެން ހުންނާނީ އަމީތާބުގެ އެކި ފޮޓޯ ޖަހާފައެވެ.
ކޭކު ފެޅުމަށްފަހު ކޮންމެ އަހަރަކު ވެސް ދެން އޮންނަނީ އަމީތާބަށް ދިގު އުމުރެއް ދެއްވުމަށް އެދި ދުޢާ ކުރުމެވެ. އުދެއިޕޫރުން އަމީތާބުގެ އުފަންދުވަސް މިފަދައިން ފާހަގަކުރަމުން އަންނަތާ އެތައް އަހަރެއް ވެއްޖެ އެވެ.
ކޮންމެ އަހަރެއްގައި ވެސް އުދެއިޕޫރުގައި ދިރިއުޅޭ އަމީތާބުގެ ފޭނުންނާއި އެކީ ބާއްވާ މި ޚާއްސަ ރަސްމިއްޔާތުގައި އެތައް ބަޔަކު ބައިވެރިވެ އެވެ. މިކަން އިންތިޒާމުކުރާ ފަރާތުން ބުނިގޮތުގައި މި އަހަރު އަމީތާބުގެ އުފަން ދުވަސް ވަރަށް ޚާއްސަ ކަމަށާއި މިއަހަރު އޭނާ އަށް ވަނީ ވަރަށް ޚާއްސަ އެވޯޑެއް ލިބިފައި ކަމަށެވެ. "ދާދާސެހެބް އެވޯޑް" މިއަހަރު އަމީތާބަށް ލިބިފައިވާއިރު، މިއީ ވަރަށް ޚާއްސަ ފަރާތްތަކަށް ލިބޭ އެވޯޑެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް