ދޯންޏެއް ފަރަށް އުރުމުން ފުލުހުން ހަރަކާތްތެރިވާން ފަށައިފި

ދޯންޏެއް ފަރަށް އުރުމުން ފުލުހުން ހަރަކާތްތެރިވާން ފަށައިފި އެވެ. ފުލުހުން ބުނެފައިވަނީ އެ ދޯނި ފަރަށް އުރިފައިވަނީ ވާދޫ ރިސޯޓު ކައިރިން ކަމަށެވެ. އެމްއެންޑީއެފުން ބުނީ ދޯނި ފަރަށް އުރުނު އިރު 11 މީހު...

13 Oct 2017 | 15:24

ދޯންޏެއް ފަރަށް އުރުމުން ފުލުހުން ހަރަކާތްތެރިވާން ފަށައިފި އެވެ.

ފުލުހުން ބުނެފައިވަނީ އެ ދޯނި ފަރަށް އުރިފައިވަނީ ވާދޫ ރިސޯޓު ކައިރިން ކަމަށެވެ.

އެމްއެންޑީއެފުން ބުނީ ދޯނި ފަރަށް އުރުނު އިރު 11 މީހުން އޭގައި ތިބި ކަމަށާއި އޭގެ ތެރޭގައި އަންހެނަކު ހިމެނޭ ކަމަށެވެ. މި ހާދިސާގެ ތަފްސީލު ލިބުނީ މިރޭ 7:26 ހާއިރު ކަމަށްވެސް އެމްއެންޑީއެފުން ބުނެ އެވެ.

"އެމްއެންޑީއެފް ކޯސްޓްގާޑްގެ ހާބަރު ކްރާފްޓް ދަނީ ޑައިވަރުންނާއެކީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން، ފަރަށް އަރާފައިވަނީ އަލްފާ ރޯޔަލް ނަމަކަށް ކިޔާ ދޯންޏެއް" އެމްއެންޑީއެފުން ބުނެފައި ވެ އެވެ.

އެމްއެންޑީއެފުން އިތުރަށް ބުނީ ދޯނީގައި ތިބި އެންމެންގެ ހާލުވެސް ރަނގަޅު ކަމަށެވެ. އަދި އެ ދޯންޏަކީ 40 ފޫޓުގެ ދޯންޏެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް