އައްޑޫގައި އެކަނި ގެއެއްގައި ދިއިއުޅެމުންދިޔަ އަލީ ތަކުރު (އައްޑޫ މީހުން ކިޔާ ގޮތުންނަމަ "ވާވާ") ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
މިކަމާއި ގުޅޭގޮތުން ޖެންޑަރ މިނިސްޓްރީގެ ރަސްމީ ބަހެއް ނުލިބުނު ނަމަވެސް ދުވަހަށް އެނގިފައިވާގޮތުގައި ޖެންޑަރ މިނިސްޓްރީގެ ބެލުމުގެ ދަށުން މިއަދު އަލީ ވަނީ އައްޑޫ ސިޓީ ހިތަދޫގައި ހުންނަ ޖެންޑަރ މިނިސްޓްރީގެ ސެންޓަރަށް ގެންގޮސްފަ އެވެ. އަދި މާދަމާ 10 ޖަހާއިރު އޮންނަ ފްލައިޓަކުން އަލީ މާލެ ގެންދާނެ ކަމާއި އަދި އެއަށްފަހު ލަސްނުކޮށް ދައުލަތުގެ ބެލުމުގެ ދަށުން ކ ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒަށް އަލީ ގެންދާނެކަން ދުވަހަށް ވަނީ އެނގިފަ އެވެ.
އަލީ އަކީ އަސްލު ލ ފޮނަދުއަށް ނިސްބަތްވާ މީހެކެވެ. ރަޖިސްޓްރީ ކޮށްފައިވަނީ ލ ފޮނަދޫ ބިލެތްކަފާގޭގަ އެވެ. ނަމަވެސް ދުވަހުން އިއްޔެ ކުރި މަސައްކަތުން އެނގުނު ގޮތުގައި އަލީ ނިސްބަތްވަނީ އެގެއަކަށް ނޫނެވެ. އެގޭގައި އަލީ ރަޖިސްޓްރީ ކުރަން ޖެހުނު ގޮތާއި އަލީ އައްޑުއަށް ދިޔަ ގޮތް އަދި އަލީގެ މިހާރުގެ ހާލަތު ދުވަހުން އިއްޔެ ގެނެސްދިން ރިޕޯޓްގައި ވަރަށް ތަފްސީލުކޮށް ވާނީ ގެނެސްދީފަ އެވެ.
އިއްޔެ ދުވަހުން ގެނެސްދިން ރިޕޯޓް : http://dhuvas.mv/54392
ނޯޓް: މި އާޓިކަލްގައި ބޭނުންކޮށްފައިވާ ފޮޓޯތަކަކީ ސޯޝަލް މީޑިއާއިން ފެނުނު ފޮޓޯތަކެކެވެ. ފޮޓޯތަކުގެ ވެރިފަރާތަކީ ކާކުކަން ނޭނގޭތީ ކްރެޑިޓް ވާނީ ނުދެވި އވެެ. ވެރިފަރާތުން މިކަން އަންގާލަން ބޭނުން ނަމަ އަޅުގަނޑުމެންގެ ފޭސްބުކް ޕޭޖަށް މެސެޖެއް ކޮށްލަދިނުން އެދެމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް