ދައުލަތަށް ގިނަ އަހަރުތަކެއް ވަންދެން ޚިދުމަތްކުރެއްވި އަޙްމަދު މަނިކު އަވަހާރަވެއްޖެ

ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި މ. މާކަރީ އަޙްމަދު މަނިކު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. އަހުމަދު މަނިކު ސިފައިންގޭގައި ގިނަ ދުވ...

13 Sep 2026 | 13:48
ފޮޓޯ: ސޯސަލްމީޑިޔާ

ފޮޓޯ: ސޯސަލްމީޑިޔާ

ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި މ. މާކަރީ އަޙްމަދު މަނިކު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

އަހުމަދު މަނިކު ސިފައިންގޭގައި ގިނަ ދުވަހު މަސައްކަތްކުރެއްވުމާއި އެކު ދިވެހި ދައުލަތަށް 46 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތްކުރެއްވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މަރްޙޫމް އަޙްމަދު މަނިކުގެ ޢާއިލާއަށް އިޚްލާޞްތެރިކަމާ އެކު ތަޢުޒިޔާ ދަންނަވައި އެ ހިތާމައިގައި ބައިވެރިވެވަޑައިގަންނަވާ ކަމަށް ވިދާޅުވެފައިވެއެވެ.

އެ ޕޯސްޓުގައި މާތް ﷲ ގެ ރުއްސެވުމާއި ފުއްސެވުމުގައި މަރްޙޫމު ލައްހައްޓަވައި ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވުން އެދި ދުޢާ ދަންނަވާފައިވެއެވެ.

އަޙްމަދު މަނިކަކީ 2023 ވަނަ އަހަރު ދައުލަތަށް ޚިދުމަތްކުރެއްވުމުގެ އިނާމު ޙާޞިލުކުރައްވާފައިވާ ބޭފުޅެކެވެ. މާތް ﷲ މަރްޙޫމަށް ރަޙްމަތް ލައްވާށިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް