މެލޭޝިއާގެ ބޮޑުވަޒީރު ވަޑައިގެންނަވާތީ މާލޭގެ އެއްގަމާއި ފަޅުތެރޭގެ ބައެއްގައި ހުރި އުޅަނދުތައް ނަގަން އަންގައިފި

މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ވަޑައިގެންނަވާތީ މާލޭގެ އެއްގަމާއި ފަޅުތެރޭގެ ބައެއްގައި އަޅާފައި ހުރި އުޅަނދުތައް ނަގަން އަންގައިފި އެވެ. ފުލުހުން ނަގަން އަންގާފައިވަނީ އެމްއެމްއޭ ސަރަހައްދ...

13 Sep 2026 | 11:17
ބޮޑުތަކުރުފާނު މަގު --

ބޮޑުތަކުރުފާނު މަގު --

މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ވަޑައިގެންނަވާތީ މާލޭގެ އެއްގަމާއި ފަޅުތެރޭގެ ބައެއްގައި އަޅާފައި ހުރި އުޅަނދުތައް ނަގަން އަންގައިފި އެވެ.

ފުލުހުން ނަގަން އަންގާފައިވަނީ އެމްއެމްއޭ ސަރަހައްދުން ފެށިގެން ބޭންކް އޮފް މޯލްޑިވްސް  އާ ހިސާބު ހިމެނޭ ސަރަހައްދުގެ ފަޅު ތެރޭގައި އަޅާފައި ހުރި އުޅަނދުތައް ނެގުމަށެވެ. އަދި ޕާކުކޮށްފައި ހުރި އުޅަނދުތަކުގެ ތެރެއިން ނަގަން އަންގާފައިވަނީ އެ ސަރަހައްދުގެ ބޮޑުތަކުރުފާނު މަގާއި އަމީރުއަހުމަދު މަގުގައި ޕާކު ކޮށްފައި ހުރި އުޅަނދުތަކެވެ.

އޭގެ ތެރެއިން ފަޅުތެރޭގައި އަޅާފައިވާ އުޅަނދުތައް ނަގަން އަންގާފައިވަނީ މާދަމާ މެންދުރު 12:00 ގެ ކުރިންނެވެ. އެއްގަމު އުޅަނދުތައް ނަގަން އަންގާފައިވަނީ ހަވީރު 4:00 ގެ ކުރިންނެވެ.

ފުލުހުން ބުނީ އެ ސަރަހައްދަކީ މެލޭޝިއާގެ ބޮޑުވަޒީރު ވަޑައިގެންނެވުމުން ރަސްމިއްޔާތުތަކެއް ކުރިޔަށްދާނެ މަގުތައް ކަމަށެވެ.

އަންވަރު ރާއްޖެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ. ފުރާވަޑައިގެންނަވާނީ ޖެހިގެން އަންނަ ދުވަހު އެވެ.

މި ދަތުރުފުޅުގައި ރާއްޖެއާ ދެގައުމުގެ ދެމެދުގައި މުހިންމު އެއްބަސްވުންތަކެއްގައި ސޮއި ކުރުމަށް ހަމަޖެހިފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް