ބްރިކް ސަމިޓުގެ ދަތުރުގެ ތެރެއިން ޗައިނާގެ ރައީސާއި އިންޑިއާގެ ރައީސް --
އިންޑިއާގެ ނިއުދިއްލީގައި ކުރިއަށްދާ ބްރިކްސް ސަމިޓުގެ ފުރަތަމަ ދުވަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބްރިކްސް ވެރީންނަށް ދެއްވި ރޭގަނޑުގެ ޚާއްޞަ ފަރިއްކޮޅުގައި ޗައިނާގެ ރައީސް ޝީ ޖިންޕިން ބައިވެރިނުވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
މީޑިއާގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ރައީސް ޝީ ފަރިއްކޮޅުގައި ބައިވެރިނުވެ ވަޑައިގެންނެވީ ހޮޓަލަށެވެ.
ހޮނިހިރު ދުވަހު މެންދުރުފަހު ދިއްލީއަށް ވަޑައިގެން ޝީ ވަނީ ސަމިޓުގެ ޖަލްސާތަކުގައި ބައިވެރިވެވަޑައިގެންފައި އެވެ. ސަމިޓުގެ ހަވާސާގައި މޯދީއާ ބައިލެޓެރަލް ބައްދަލުވުމެއް ބޭއްވި އެވެ.
އިންޑިއާގެ ބާރަތް މަންޑަޕަމްގައި ބޭއްވި ރަސްމީ ފަރިއްކޮޅުގައި ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިން ހިމެނިވަޑައިގަންނަވާ ގޮތަށް ބްރިކްސްގެ އެހެން ވެރީން ބައިވެރިވެވަޑައިގެންނެވިއެވެ. ފަރިއްކޮޅަށް ޝީ ވަޑައިނުގަތް ސަބަބު ރަސްމީކޮށް ނާންގާ ކަމަށްވެ އެވެ.
ހަމައެއާ އެކު ދުވާލު ސެޝަނަށް ފަހު ޤައުމަށް ފުރާވަޑައިގެންނެވި އަބޫ ދާބީގެ ވަލީ ޢަހުދު ޝެއިޚް ޚާލިދް ބިން މުޙައްމަދު ވެސް ރޭގަނޑުގެ ފަރިއްކޮޅުގައި ބައިވެރިވެވަޑައެއް ނުގެންނެވިއެވެ.
އެ ފަރިއްކޮޅުގައި އިންޑިއާގެ ދާޚިލީ ވަޒީރު އަމިތް ޝާހް މާލީ ވަޒީރު ނިރްމަލާ ސީތާރަމަން ޕީޔޫޝް ގޯޔަލް އަޝްވިނީ ވައިޝްނާވް ޝިވްރާޖް ސިންގް ޗޯހާން ފަދަ ވަޒީރުންނާއި ލޯކް ސަބާގެ ރައީސް އޯމް ބިރްލާ އަދި ޔޫޕީގެ ޗީފް މިނިސްޓަރު ޔޯގީ އާދިއްތިޔަނާތް ހިމެނިވަޑައިގަންނަވާ ގޮތަށް އެތައް ސީނިއާ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. ރޭގަނޑުގެ ފަރިއްކޮޅުގައި އިންޑިއާގެ ކެއުންތައް ދައްކައިލަދޭ ތަނަވަސް ވެޖެޓޭރިއަން މެނޫއެއް ހުށަހެޅި އިރު ސަތޭކައަށް ވުރެ ގިނަ ފަންނާނުން ހިމެނޭ ހުށަހެޅުމެއް ވެސް ބޭއްވިއެވެ.
ބްރިކްސް ސަމިޓް ކުރިއަށް ދިޔައީ ސެޕްޓެމްބަރު 12 އަދި 13 ގައި ކަމަށް ވާ އިރު 11 މެންބަރު ޤައުމުގެ ވެރީންނާއި 10 ޕާޓްނަރު ޤައުމުގެ ވެރީންގެ އިތުރުން ބައިނަލްއަޤުވާމީ ޖަމިއްޔާތަކުގެ ބޭފުޅުން ވެސް އެ ސަމިޓުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް