މޫސުން ގޯސް، މުޅި ރާއްޖެ ވައިޓް އެލާޓުގައި

މިއަދު މުޅި ރާއްޖެއަށް މޫސުން ގޯސް ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ހާމަކޮށްފި އެވެ. އެ އިދާރާއިން ބުނީ މިއަދު މުޅި ރާއްޖެއަށް ބޯކޮށް ވާރޭވެހުމާއި އެކު ގުގުރާނެ ކަމަށެވެ. ވިލާގަނޑުގައި 40 މޭލަށް...

13 Sep 2026 | 07:16
މާލެއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެފައި -- ދުވަސް ފޮޓޯ

މާލެއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެފައި -- ދުވަސް ފޮޓޯ

މިއަދު މުޅި ރާއްޖެއަށް މޫސުން ގޯސް ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ހާމަކޮށްފި އެވެ.

އެ އިދާރާއިން ބުނީ މިއަދު މުޅި ރާއްޖެއަށް ބޯކޮށް ވާރޭވެހުމާއި އެކު ގުގުރާނެ ކަމަށެވެ. ވިލާގަނޑުގައި 40 މޭލަށް ވައި ޖެހޭނެ ކަމަށް ލަފާ ކުރެ އެވެ.

މެޓް އޮފީހުން ވަނީ މޫސުން ގޯސްވާނެތީ މުޅީ ރާއްޖެއަށް ވައިޓް އެލާޓު ނެރެފައި އެވެ. އެލާޓު ނެރެފައިވަނީ ހެނދުނު 9:30 ން މެންދުރު ފަހު 2:00 އަށެވެ.

މިހާރު ރާއްޖެއަށް ކުރަމުން މިދަނީ ހުޅަނގު މޫސުމުގެ ވިއްސާރަ އެވެ. މި ވިއްސާރަ އަންގާރަ ދުވަހު އަލިފާނެ ކަމަށް ކުރިން ލަފާކޮށްފައިވެ އެވެ.

މިހާރު ކުރަމުންދާ ވިއްސާރައިގަ އެންމެ ބޮޑަށް ގެއްލުންވަމުންދާކަމުގެ ރިޕޯޓުތައް ކުރަމުންދަނީ އައްޑޫ ސިޓީ ފޭދޫއަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް