ވިއްސާރައިގަ ހާލަތު ގޯސްވެފައިވާތީ އައްޑޫ ލިންކް ރޯޑު ބޭނުން ނުކުރަން އަންގައިފި

އައްޑޫ ލިންކް ރޯޑު ވަގުތީ ގޮތުން ބޭނުން ނުކުރުމަށް އައްޑޫ ސިޓީ ކައުންސިލުން އަންގައިފި އެވެ. މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގަ އެންމެ ބޮޑަށް ގެއްލުން ލިބެމުންދާ ކަމަށް ރިޕޯޓު ކުރަމުންދަނީ އައް...

13 Sep 2026 | 06:48
އައްޑޫ މަގުތަކުގައި ފެންބޮޑުވެފައި -- ފޮޓޯ: އެންޑީއެމްއޭ

އައްޑޫ މަގުތަކުގައި ފެންބޮޑުވެފައި -- ފޮޓޯ: އެންޑީއެމްއޭ

އައްޑޫ ލިންކް ރޯޑު ވަގުތީ ގޮތުން ބޭނުން ނުކުރުމަށް އައްޑޫ ސިޓީ ކައުންސިލުން އަންގައިފި އެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގަ އެންމެ ބޮޑަށް ގެއްލުން ލިބެމުންދާ ކަމަށް ރިޕޯޓު ކުރަމުންދަނީ އައްޑޫ ސިޓީގެ ރަށްތަކަށެވެ. 70 އަށްވިރެ ގިނަ ގޭގޭގައި ފެންބޮޑުވެ ބޮޑެތި މަގުތަކާއި އާންމުންގެ ދިރިއުޅޭ ސަރަހައްދުތައް އޮތީ ފެނު އަޑީގައި އެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ ލިންކް ރޯޑު ވަގުތީ ގޮތުން ބޭނުން ނުކުރަން އެންގީ ވިއްސާރައިގަ އެ މަގުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާތީ ކަމަށެވެ. ލިންކް ރޯޑު ނުރައްކާތެރި ހާލަތެއްގައި އޮތުމުން މަގު ބޭނުން ކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި ފިޔަވަޅު އެޅީ ކަމަށް ބުނެފައިވެ އެވެ.

އެ ކައުންސިލުން ބުނީ ޒަރޫރީ ބޭނުމެއްގައި ނޫނީ ލިންކް ރޯޑު ބޭނުން ނުކުރުމަށް އިލްތިމާސް ކުރާ ކަމަށާއި އެހެން މަގުތައް ބޭނުން ކުރުމުގައިވެސް ފެންބޮޑުވެފައިވާ ސަރަހައްދުތައް ބަލައިގެން ހިނގާ ދަތުރު ކުރުމަށް ސަމާލުކަން ދިނުމަށް އެދޭ ކަމަށެވެ.

އައްޑޫގެ އކި މަގުތަކުގައި ބޮޑުވެފައިވާ ފެންގަނޑު ހިއްކުމަށް މަގުތަކުގައި ވަނީ ފެން ހޮޅި އަޅާފައި އެވެ. ފެން ހިންދުމުގެ މަސައްކަތް ކުރަނީ ސިފައިންނެވެ.

ޑީޒާސްޓާ މެނޭޖްމެންޓު އޮތޯރިޓީން ބުނީ އިއްޔެގެ ނިޔަލަށް އެންމެ ބޮޑަށް ފެންބޮޑުވެ ގޭގެއަށް ގެއްލުން ވެގެން ރިޕޯޓުކޮށްފައިވަނީ އައްޑޫ ފޭދޫއިން ކަމަށެވެ. އެ އަވަށުން އެއް ގޭގެ އަށް މީހަކަށް ވަނީ ވަގުތީ ބޯހިޔާވަހިކަންވެސް ފޯރުކޮށްދޭން ޖެހިފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް