އިންޑޮނީޝިއާގައި ދަތުރު ކުރަމުންދިޔަ ފެރީއެއް ގެއްލި، ދަތުރު ކުރި 140 މީހަކު ހޯދަނީ

އިންޑޮނީޝިއާގެ ސުރަބަޔާއިން ބަންޖަރްމާސިންއަށް 243 މީހުންނާ އެކު ދަތުރުކުރި ފަސިންޖާ ފެރީއެއް ޖާވާ ކަނޑަށް ގެއްލިގެން ހޯދަން ފަށައިފި އެވެ. މޫސުން ގޯސް މި ދުވަސްވަރު ގެއްލުނު މި ފެރީން މިހާތަނަށް 103 ...

13 Sep 2026 | 05:46
މެލޭޝިއާގެ ރެސްކިއު ޓީމުތަކެއް --

މެލޭޝިއާގެ ރެސްކިއު ޓީމުތަކެއް --

އިންޑޮނީޝިއާގެ ސުރަބަޔާއިން ބަންޖަރްމާސިންއަށް 243 މީހުންނާ އެކު ދަތުރުކުރި ފަސިންޖާ ފެރީއެއް ޖާވާ ކަނޑަށް ގެއްލިގެން ހޯދަން ފަށައިފި އެވެ.

މޫސުން ގޯސް މި ދުވަސްވަރު ގެއްލުނު މި ފެރީން މިހާތަނަށް 103 މީހުން ސަލާމަތް ކުރެވިފައިވެ އެވެ. ދެން ތިބި 140 މީހުން ހޯދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

ވީރގޯ ޓްރާންސްޕޯޓް 8 ނަމަކަށް ކިޔާ އެ ބޯޓު އިރުމަތީ ޖާވާގެ ސުރަބަޔާއިން ފުރީ އިއްޔެ އެވެ. މިއަދު ފަތިހުގެ ވަގުތެއްގައި މޫސުން ގޯސްވެ އެ ބޯޓާ ގުޅުން ކެނޑިފައިވާ ކަމަށް ސާޗް އެންޑް ރެސްކިއު އެޖެންސީން ބުނެފައިވެއެވެ.

އެ އެޖެންސީގެ ބަންޖަރްމާސިން އޮފީހުގެ ވެރިޔާ އައި ޕުޓު ސުދަޔާނާ ވީޑިއޯ ބަޔާނެއްގައި ބުނީ ސަލާމަތްކުރެވުނު 103 މީހުން ކައިރީގައި އޮތް އެކި އުޅަނދުތަކުގައި ނެގީ ކަމަށާއި އޭގެ ތެރެއިން ބައެއް މީހުން އިރުމަތީ ޖާވާގެ ބަނދަރަކަށް ގެންދާނެ ކަމަށެވެ. ސަލާމަތްކުރެވުނު މީހުންގެ ތެރެއިން އެކަކު ވަނީ މަރުވެފައެވެ.

ބާކީ ތިބި 140 މީހުން ހޯދުމަށް ޓީމަކާއި އުޅަނދުތަކާއި ހެލިކޮޕްޓަރެއް ބޯޓު އެންމެ ފަހުން އޮތް ކަމަށް ޔަޤީންވާ ސަރަޙައްދަށް ފޮނުވައިގެން ސާޗް އޮޕަރޭޝަން ކުރިއަށް ގެންދާ ކަމަށް ސުދަޔާނާ ބުނެފައިވެއެވެ. ބޯޓަށް ވީ ގޮތް އޭނާ ހާމަކޮށްފައެއް ނުވެއެވެ.

17,000 ރަށުގެ މައްޗަށް އެކުލެވޭ ޖަޒީރާ ޤައުމެއް ކަމަށްވާ އިންޑޮނީޝިއާގައި ފެރީ އަކީ ދަތުރުފަތުރުގެ މައިގަނޑު ވަސީލަތެވެ. ނަމަވެސް ކަނޑު ދަތުރުތަކުގެ ރައްކާތެރިކަމުގެ މިންގަނޑުތައް ހުންނަންޖެހޭ ފެންވަރަށް ތަންފީޒު ނުކުރެވުމުގެ ސަބަބުން ނުރައްކާތެރި ހާދިސާތައް ހިނގާ ނިސްބަތް ބޮޑެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް