ކޯވިޑް-19 އާއި މުޅި ދުނިޔެ ހަނގުރާމަ ކުރަމުން އަންނަ މި ދަނޑިވަޅުގައި އިންޑިއާގެ ތިން ވަގަކު، ކޯވިޑް ހާލަތުގެ ނާޖާއިޒް ފައިދާ ނަގައި، ގަހަނާ ވިއްކާ ފިހާރައެއް ލޫޓުވާލައިފިއެވެ.
ސޯޝަލް މީޑިއާގައި މިހާރު ވައިރަލްވެފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި އިންޑިއާގެ އުއްތަރު ޕްރަދޭޝްގައި ހިންގާ، ގަހަނާ ވިއްކާ ފިހާރައަކަށް ތިން މީހަކު ވަންނަނީ މާސްކު އަޅައިގެންނެވެ. އެއީ ކޯވިޑުން ސަލާމަތްވުމަށް އާންމުކޮށް މިއަޅާ "ފޭސް މާސްކު" އަޅައިގެން ތިބި ތިން މީހުންނެވެ.
އެ ފިހާރައަށް ވަދެ ފިހާރައިގެ ސޭޓެއްގެ އެހީގައި އެ ތިން މީހުންވެސް އަތް، ސެނިޓައިޒް ކުރެއެވެ. އަދި އެއަށްފަހު ޖީބުން ފިސްތޯލައެއް ނަގައި، ފިސްތޯލައިގެ ބިރު ދައްކައިގެން އެ ފިހާރަ ލޫޓުވާލައެވެ.
https://twitter.com/alok_pandey/status/1304390188727185414?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1304390188727185414%7Ctwgr%5Eshare_3&ref_url=https%3A%2F%2Fgulfnews.com%2Fworld%2Fasia%2Findia%2Findia-video-three-men-walk-into-a-jewellery-store-in-masks-sanitise-hands-rob-it-1.1599837104363
މި ލޫޓުވުމުގައި އެ ތިން ވަގުން އެ ފިހާރައިން 40 ލައްކަ ރުޕީސްއާއި ގާތްކުރާ އަދަދަކަށް ގަހަނާ ލޫޓުވާލި ކަމަށް ވެއެވެ. މި މައްސަލައިގާ އަދި މީހަކު ހައްޔަރު ނުކުރާ ކަމަށް ރިޕޯޓް ކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް