އިރާނުގެ މަޝްހޫރު "ރެސްލާރ" އެއްގެ މައްޗަށް އިއްވި މަރުގެ ހުކުމް ތަންފީޒުކޮށް، ދަން ޖައްސައި މަރާލައިފި

އިރާނުގެ މަޝްހޫރު "ރެސްލަރ" އެއް ކަމުގައިވާ އުމުރުން 27 އަހަރުގެ ނާވިފް އަފްކާރީގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމް ތަންފީޒުކޮށް އޭނާ އިއްޔެ ދަން ޖައްސާ މަރާލައިފިއެވެ. އިރާނުގެ ނޫސްތަކުގައި ރިޕޯޓް...

13 Sep 2020 | 00:22

އިރާނުގެ މަޝްހޫރު "ރެސްލަރ" އެއް ކަމުގައިވާ އުމުރުން 27 އަހަރުގެ ނާވިފް އަފްކާރީގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމް ތަންފީޒުކޮށް އޭނާ އިއްޔެ ދަން ޖައްސާ މަރާލައިފިއެވެ.

އިރާނުގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާގޮތުގައި އޭނާގެ މައްޗަށް މަރުގެ ހުކުމް އިއްވާފައި އޮތީ 2018 ވަނަ އަހަރު އެ ގައުމުގައި ޝިޢައީންގެ މެދުގައި ހިނގި ހަމަނުޖެހުމެއްގައި މީހެއްގެ ގަޔަށް ވަޅިން ހަމަލާދީ މަރާލި މައްސަލައެއްގައެވެ.

އިރާނުން އަފްކާރީ ދަންޖައްސާ މަރާލާފައިމިވަނީ އަފްކާރީގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމް ތަންފީޒު ނުކުރުމަށް ގިނަ ބަޔަކު ގޮވާލަމުން ދަނިކޮށެވެ. އެކަމަށް ގޮވާލި ފަރާތްތަކުގެ ތެރޭގައި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްވެސް ހިމެނެއެވެ. އަދި އިންސާނީ ހައްގުތައް ހިމާޔަތްކުރާ ބައެއް ޖަމާއަތްތަކުންވެސް އެކަމަށް ގޮވާލާފައިވެއެވެ.

އިރާނަކީ މަރުގެ ހުކުމް ތަންފީޒު ކުރުމުގައި އެ ނިންމުން އަބަދުވެސް ދަމަހައްޓަމުން އަންނަ ގައުމެކެވެ. އެ ގައުމުގައި މަރުގެ ހުކުމެއް އަންނަ ކުށްތަކުގެ ތެރޭގައި، ގަސްތުގައި މީހަކު މެރުން، ކުޑަކުއްޖަކު ރޭޕު ކުރުން، ޑްރަގް ވިޔަފާރި ހަތިޔާރާއެކު ފޭރުން، އެއް ޖިންސުން ގުޅުން ހިންގުން އަދި ހަށި ވިއްކުންފަދަ ކުށްތައް ހިމެނެއެވެ.

އެގޮތުން މި އަހަރުގެ ތެރޭގައި އެކަނި އިރާނުގައި 19 މީހެއްގެ މައްޗަށް މި އަދަބު ތަންފީޒު ކޮށްފައިވެއެވެ. މިދިޔަ އަހަރު 38 މީހެއްގެ މައްޗަށް މި އަދަބު ތަންފީޒު ކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް